މާލީ އަދި ފަންނީ ބޭފުޅުންގެ އިރުޝާދު އަޑުއަހައި، އެބޭފުޅުންނަަސް ޒިންމާތައް އަދާކުރުމުގެ ފުރުސަތު ދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މުހިންމު މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ދެއްވާ ލަފަޔާއި މަޝްވަރާ ޤަބޫލުފުޅު ނުކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ޒިންމާތަކާއި މަސްޢޫލިއްޔަތު އަދާކުރުމަށް ފުރުޞަތު ނުދެއްވައި، ސަރުކާރަށް އެހިނދަކު ފެންނަ ގޮތަކަށް ޢަމަލުކޮށް މަޤާމު ތަކުން މީހުން ބަދަލު ކުރުމަކީ، މުޅި ނިޒާމު ހަލާކުވެގެންދާ ކަމެއް ކަމުގައެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ދާއިމީ ގެއްލުން ކުރާނެ ކަމަށާއި، ރައްޔިތުން ތަކުލީފު އުފުލަން ޖެހޭނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ތަޅު އަޅުވައި އޮބަހެއްޓުމާއި، ނުފޫޒު ފޯރުވައި ކޯޓު ތަކުގެ ބެންޗު ބަދަލު ކުރުމާއި، މާލީ އިދާރާ ތަކުގެ ބޯޑު ތަކުން މެމްބަރުން ވަކިކުރެއްވުމާއި، އިސްތިއުފާ ދެއްވަން މަޖުބޫރު ކުރައްވައިގެން ބޭނުންފުޅުވާ ކަމެއް ބޭނުންފުޅުވާ ގޮތަކަށް ކުރައްވާ ނަމަ، އެ ހަލާކު ކޮށްލެވެނީ މުޅި ޤައުމުގެ މުސްތަޤުބަލު ކަމަށެވެ.
"މާލީ އަދި ފަންނީ ބޭފުޅުންގެ ލަފަޔާއި އިރުޝާދުތައް އަޑުއަހައި، އެބޭފުޅުންނަށް ޒިންމާ އަދާ ކުރެއްވުމަށް ފުރުޞަތު ދެއްވުމަށް ސަރުކާރަށް ގޮވާލަން." ފައިސަލް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ނާޒުކު އިޤުތިޞާދު ހަލާކުވެ، ރައްޔިތުން ބިކަވެގެން ހިނގައިދާނެ ހާލަތެއް މެދުވެރިވުމަށް ޖާގަ ނުދެއްވުމަށް ވެސް ފައިސަލް ވަނީ ގޮވާލައްވާފައެވެ.
ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލަ ބޮޑުވެފައި ވާ ދަނޑިވަޅެއްގައެވެ.
މި މައްސަލަ ބޮޑުވެފައިވަނިކޮށް ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް ވަނީ މިއަދު އިސްތިޢުފާ ދެއްވާފައެވެ. މީގެ ކުރިން މިމުޢާމަލާތާމެދު ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާ މިދިޔަ އަހަރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް ވެސް މިހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ޕެންޝަން ބޯޑަށް ވަގުތީ ޗެއަރޕާސަނެއް އައްޔަނުކޮށް ސަރުކާރުން ބޭނުންވި ގޮތަށް އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ފާސްކޮށްފައެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަން ރުފިޔާއިން، މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ އާ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށެވެ. ނަމަވެސް އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު