2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޣަފޫރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި 170 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިތުރު 38 ބިލިއަން ރުފިޔާގެ ދަރަނި ވަނީ އުފައްދާފައެވެ.
"މިދިޔަ އަހަރު ނިންމާފައި އަނެއް އަހަރުގެ ރިޔާސީ ބަޔާން އިއްވާ އިރުގައި، އެ އަހަރުގެ ރިޔާސީ ބަޔާނުގައި ކޮށްދޭން ބުނި ކަންތައްތައް ނުކޮށްދެވުނީ ކީއްވެގެންތޯ ރައްޔިތުން ކައިރީގައި ބުނަން ޖެހޭނެ. ސާފުކޮށް ކިޔައިދޭން ޖެހޭނެ. އަޅުގަނޑު މި ބުނި ގޮތަށް 90 އިންސައްތަ މަސައްކަތް ހުރީ ނުކުރެވި. އެކަމަކު މިއަދުގެ ހަގީގަތަކީ ބަޖެޓް އެއްކޮށް ހުސްވެގެން ދިޔައީ," ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
ބަޖެޓުގެ ފައިސާ އެއްކޮށް ހުސްވެގެން ދިޔައިރުވެސް، ރައްޔިތުންނަށް ކޮށްދޭން ބުނި ކަންތައްތައް ނުކުރެވި އޮތުމުން އެ ފައިސާއަށް ވީގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު