އިސްރާއީލުގެ ޖަލުން ފިލި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ
އިސްރާއީލުގެ ޖަލުން ފިލި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ޖަލުކަމަށްވާ ގިލޯބާ ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް އިސްރާއީލް ފުލުހުން ބުނެފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފަިއވަނީ އިސްރާއީލްގެ އުތުރުގެ ސިޓީއެއް ކަމުގައިވާ ނަޒާރަތުންބާކީއިން ކަމަށް އިސްރާއިލްގެ ފުލުހުން ވަނީ ބުނެފައެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އިސްރާއީލްގެ އަސްކަރިއްޔާއިން އެގައުމުގެ އުތުރުގެ ސަރަހައްދުގައި ދަނީ ކުރަމުންނެވެ.

އިސްރާއީލްގެ ޖަލުން ފިލި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ ފަސް މީހުންނެވެ. އަނެއް މީހާއަކީ ފަތަހަ ޖަމާއަތަށް ނިސްބަތްވާ މީހެކެވެ. ހައްޔަރުކުރި ދެ މީހުންނަކީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ ދެ މީހުންނެވެ. އިސްރާއީލްގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދެމީހުން ހައްޔަރުކޮށްފައިވަނީ ނަޒާރަތުގައި ދިރިއުޅެމުންދާ ބަޔަކު ދިން މައުލޫމާތަށް ބިނާކޮށް ކުރި މަސައްކަތުންނެވެ. އެމައުލޫމާތު ދިނީ އެދެމީހުން ކާއެއްޗެއް ހޯދުމަށް އެދުނު ބަޔަކު ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ދެ މީހުން ހައްޔަރުކުރިތާ މަދު ގަޑިއިރު ތަކެއް ފަހުން ގައްޒާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެހަމަލާތައް ވަނީ އިސްރާއީލުގެ މިސައިލުން ދިފާއުވުމަށް ތައްޔާރުކޮށްފައިވާ އާލާތްތަކުން ދިފާޢުކޮށް އިސްރާއީލުގެ ތެރެއަށް ވެޓުނަ ނުދީ ސަލާމަތްކޮށްފައެވެ.

ޖަލުންފިލި މީހުންގެ ތެރޭގައި ފަތަހައިގެ އަލްއަގްސާ ބްރިގޭޑްގެ ކުރީގެ ކޮމާންޑަރ ޒަކަރިޔާ ޒުބެއިދީވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން