އިންޑިއާގެ މުމްބާއީގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

މިފަހަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ ހިންދޫ ދީނުގައި ފާހަގަ ކުރާ ދުވަހަކާއި ގުޅުވައިގެންނެވެ. ހުކުރު ދުވަހު ފެށި ހިންދޫ ދީނުގައި ފާހަގަ ކުރާ ދުވަހަކީ ގިނަ ސަރަހައްދުތަކުގައި 10 ދުވަހަށް ދިގުދެމިގެންދާ މުނާސަބާއެކެވެ.

ހާއްސަ ގޮތެއްގައި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ބަޔަކު އެއްވެ ނަށާ، އެކި ކުޅިވަރު ކުޅުމާއި، ހިންދޫ ދީނުގައި އަޅުކަން ކުރަން ގެންގުޅޭ ބުދުތައް ފެއްތުމަކީ މިމުނާސަބާ ފާހަގަކުރުމަށް ކުރެވޭ ކަންކަމެވެ.

މިއާއެކު ކޮވިޑް އިތުރަށް ފެތުރިދާނެ ކަމުގެ ބިރުހީވެ، މިހާރުވެސް ކޮވިޑުގެ ނުރައްކާ އެހާމެ ބޮޑު އެއްގައުމުކަމަށްވާ އިންޑިއާގެ މުމްބާއީގައި މީހުން އެއްވެ އުޅުން މަނާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައިވެއެވެ. އަދި މިމުނާސަބާގެ އެކި ހަރަކާތްތަކުގެ ތެރެއިން އަޅުކަން ކުރަން ގެންގުޅޭ ބުދުތައް ފެއްތުމުގައި ބައިވެރިވެވޭނީވެސް ވެކްސިން ފުރިހަމަކޮށްފައިވާ އެއްފަހަރާ 10 މީހުންނަށްކަމަށްވެއެވެ.

އިންޑިއާގައި މިހާރަކަށް އައިސް، އެވްރެޖްކޮށް 11،000 ކޮވިޑް ކޭސް ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން