ހިނީގެ އުނދަގުލާ ހެދި، ދިއްލީން ލަންޑަނަށް ފުރަން ތައްޔާރުވެފައި އޮތް އެއަރ އިންޑިއާގެ ފްލައިޓެއްގެ ފުރުން ކެންސަލްކޮށްފިއެވެ.

އިންޑިއާގެ ދިއްލީން ލަންޑަނަށް ދަތުރުކުރުމަށް ފުރަން ތައްޔާރަށް އޮތް އެއަރ އިންޑިއާގެ ފްލައިޓު ތެރެއިން ހިނި ފެނިފައިވަނީ ބިޒްނަސް ކްލާހުންނެވެ. މިފްލައިޓުގައި ބޫޓާންގެ ޕްރިންސް ދަތުރުކުރަން ހަމަޖެހިފައިވާކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހޯމަ ދުވަހުގެ މެންދުރުފަހު ހިނގާދިޔަ މިހާދިސާއަށްފަހު އެއަރ އިންޑިއާގެ މިފްލައިޓުގައި ކުރަން ރާވާފައިވާ ދަތުރު ކޮށްފައިވަނީ އެހެން ފްލައިޓެއްގައެވެ. މިއާއެކު މެންދުރު ފުރަން ޝެޑިއުލްކޮށްފައިވާ، އިންޑިއާގެ ދިއްލީން ލަންޑަނަށް ކުރަން އޮތް ދަތުރަަށް ފުރުނީ ތިން ގަޑިއިރުގެ ޑިލޭ އަކަށްފަހުއެވެ.

ނަމަވެސް މީޑިއާ ތަކުން ދޮގު މަޢުލޫމާތު ފަތުރާކަމަށް ބުނެ އެއަރއިންޑިއާއިން ވަނީ ހިނީގެ އުނދަގުލާ ހެދި ފުރަން ތައްޔާރަށް އޮތް އިންޑިއާގެ ފްލައިޓެއް ފުރުން ކެންސަލް ނުކުރާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ފުރަން ތައްޔާރަށް އޮތް ފްލައިޓެއްގެ ފުރުން ކެންސަލް ނުކުރާކަމަށްވެސް އެއަރއިންޑިއާއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން