ޗައިނާއަށް ނިސްބަތްވާ ފެތުންތެރިޔާ ޒެންގް ޓާއޯ
ޗައިނާއަށް ނިސްބަތްވާ ފެތުންތެރިޔާ ޒެންގް ޓާއޯ
ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ ޕެރަލިމްޕިކްގައި ޗައިނާގެ ދެއަތް ނެތް ފެތުންތެރިޔާ ޒެންްގް ޓާއޯ، މުބާރާތުގެ އެތަކެއް ރިކޯޑު މުގުރާލައި ހަތަރު ރަން މެޑަލް ކާމިޔާބުކޮށް މުޅި ދުނިޔެ އާޝޯހުކޮށްލައިފިއެވެ.

މި މުބާރާތުގައި ހޯދި ހުރިހާ ސިންގަލް ކާމިޔާބީތަކެއްވެސް އޭނާ ހޯދާފައިވަނީ ކުރީގެ ރިކޯޑުތައް މުގުރާލައިފައެވެ. އެގޮތުން 50 މީޓަރު ފްރީ ސްޓައިލް ފެތުމުގެ ފައިނަލް ރޭސް މިދިޔަ ބުދަ ދުވަހު ކާމިޔާބުކުރިއިރު، ހުސްވި ހަފުތާގެ ހޯމަ ދުވަހު އޭނާ ވަނީ 50 މީޓަރު ބެކްސްޓްރޯކް ފައިނަލް ކާމިޔާބުކުކޮށްފައެވެ. އެއީ 31.42 ސިކުންތުންނެވެ.

ޕެރަލިމްޕިކަކީ އޮލިމްޕިކް ކުޅިވަރު މުބާރާތް ނިމިގެން އެ މުބާރާތް އޮންނަ ތަނުގައި ދުނިޔޭގެ ކަންކޮޅުތަކުން ޖިސްމާނީ ނުކުޅެދުންތެރިކަން ލިބިފައިވާ އެތުލީޓުން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތެކެވެ.

ޗައިނާއަށް ނިސްބަތްވާ ޒެންގް ޓާއޯ ފެތުމަށް ޝައުގުވެރިކަން އުފެދުނީ އަމުރުން 13 އަހަރުގައެވެ. އެއަށްފަހު އޭނާވަނީ ފެތުމުގެ ތަމްރީން ފުރިހަމަކޮށްފައެވެ. ނަމަވެސް ކުޑައިރު ދިމާވި އެކްސިޑެންޓަކާ ގުޅިގެން އޭނާގެ ދެ އަތް ވަނީ ގެއްލިފައެވެ.

މުޅި ދުނިޔެ އާޝޯހުކޮށްލައި، މުޅި ދުނިޔެއަށް މިސާލު ދެއްކި ޒެންގް ޓާއޯ މި ކާމިޔާބީއަށް ފަހު ވަނީ އޭނާގެ ދެ އަހަރުވީ އަންހެން ދަރިފުޅަށް ވީޑިއޯ މެސެޖެއްކޮށްފައެވެ. މި މެސެޖުގައި އޭނާ ބުނެފައިވަނީ، "ދަރިފުޅާއެވެ. ނިކަން ދެކިބަލާށެވެ. ބައްޕަގެ ދެއަތް ނެތަސް ބައްޕަ ކިހާ ބާރަކަށް އެބަފަތަން ހެއްޔެވެ."

ޒެންގް ޓާއޯ މުޅި ދުނިޔެއަށް ސާބިތުކޮށްދިނީ ނުކުޅެދުންތެރިކަމަކީ ކަންކަން ކުރުމަށް އޮންނަ ހުރަހެއް ނޫންކަމަށާއި، ހިތްވަރާއެކު މަސައްކަތް ކުރުމުން ކާމިޔާބު ނުވާނެ އެއްވެސްކަމެއް ނޯންނާނެކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން