ޖައްވަށް ދަތުރުކުރާ އަދި ޖައްވުގައި ހިނގާއުޅޭ އެސްޓްރޮނައުޓުންގެ ޖަންގިޔާ ސާފުކޮށް ގިނަދުވަހު ބެހެެއްޓޭނެގޮތަކާމެދު ސައިންސްވެރިން ދިރާސާކުރަން ފަށައިފިއެވެ.

މިދިރާސާގެ މަގްސަދަކީ އެސްޓްރޮނައުޓުން ލާ ޖަންގިޔާ އެއްލާ ނުލާ ގިނަދުވަހު ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތެެއް ހޯދުމެވެ.

އެސްޓްރޮނައުޓުންނަށް ހާއްސަކުރެވިފައިވާ ސޫޓުގެ ދަށުން އެމީހުން ފުރަތަމަ ޖަހަނީ ވަކި ހާއްސަ ނެޕީއެކެވެ. އެއަށްފަހު އެމީހެއްގެ އަމިއްލަ ޖަންގިޔާ އަދި އޭގެ މަތިން ފިނި ހިފެހެއްޓުމަށްް ހާއްސަ ޖަންގިޔަލެއް ލައެވެ. މިހާއްސަ ޖަންގިޔަލަކީ ގިނަފަހަރަށް ސްޕޭސް ކްރޫއިންގެ މެދުގައިގައިވެސް ބަދަލު ކުރާއެއްޗެކެވެ. އަދި ފިނިހިފެހެއްޓުމަށްް ލާ މިހާއްސަ ޖަންގިޔަލަކީ ދޮވުމުގެ ބަދަލުގައި، މަދުފަހަރަކު ބަދަލުކޮށްް ބޭނުންކުރުމަށްފަހު އެއްލާލާ އެއްޗެކެވެ.

މީގެއިތުރުން މިފަހަކަށް އައިސް އެސްޓްރޮނައުޓުން ގިނަދުވަހަށް ޖައްވަށް ދަތުރުކޮށް އަދި ޖައްވުގައި ހިނގާލުން ކުރިއަށްގެންދިއުމަކީ އާންމުކަމަކަށް ވުމާއެކު، މަސައްކަތަށް ބުރޫނާރާ، އަދި ސިއްހަތަށް ގެއްލުން ނުވާނެ ގޮތަކަށް މި ހާއްސަ ޖަންގިޔާ ތައްޔާރުކުރުމުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. މިއާއެކު ގިނަދުވަހަށް މިޖަންގިޔާ ބޭނުންކުރިއަސް އިންސާނުންނަށް ގެއްލުން ނުވާނެ ގޮތަކަށް މިޖަންގިޔާ ފަރުމާކުރުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ.

އެސްޓްރޮނައުޓުންނަކީ ކުރަންޖެހޭ މަސައްކަތުގެ ގޮތުން ހަންގަނޑަށް ޖެހޭ އެކިބަލިތަކަށް ހައި ރިސްކު މީހުންނެވެ. މިގޮތުން އެސްޓްރޮނައުޓުން ލާ ހާއްސަ ސޫޓުގެ ދަށުންލާ އަންނައުނަކީވެސް ރައްކާތެރި ތަކެއްޗަށް ވާންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން