މަރިޔަމް ލައިޝާ   2 ސެޕްޓެމްބަރު 2021 - 22:26
އެފްއޭއެމްގެ ރައީސް އާއި ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް
އެފްއޭއެމްގެ ރައީސް އާއި ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް
ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް, އެފްއޭއެމުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަންގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެފްއޭއެމުގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފެޑެރޭޝަނުގެ ރައީސް ޔާސިރް އަލް މިސެހާލެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބައްސާމް ވިދާޅުވީ މިއީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި އެއްބަސްވުމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.



މި ރަސްމިއްޔާތުގައި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒާއި ސައުދީ ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް އަލް ކަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެއްބަސްވުމާ ގުޅިގެން ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ އެހީތަކެއް ދިނުމަށް ސައުދީން ނިންމާފައިވާކަމަށާއި މި އެއްބަސްވުމުގެ ދަށުން ދެ ފެޑެރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ސައުދީއާއެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، މީގެ ކުރިންވެސް ސައުދީއިން ވަނީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ އެހީތަކެއް ވެފައެވެ. އެގޮތުން ރާއްޖޭގެ ދެ ކްލަބެއް ވަނީ ސައުދީގައި ތަމްރީނު ކޭމްޕެއްވެސް ފުރިހަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން