ދުނިޔޭގެ އެންމެ އުހުގައި ހުންނަ ސިނަމާ އިންޑިއާގެ ލަދަކް ގައި ގާއިމުކޮށްފިއެވެ.

އިންޑިއާގެ ފަރުބަދަމަތީ ނުވަތަ ހިމާލިޔާން ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ސިނަމާ ހުންނަނީ 11562 ފޫޓު އުހުގައެވެ. އެއްފަހަރާ 120 މީހުންނަށް ވަދެވޭ މިސިނަމާ އަކީ ބޮޑު ފުއްޕާހަމެއްހެން ހުންނަ ނުވަތަ އިންފްލޭޓެބްލް ސިނަމާއެކެވެ.

މިގޮތުން މި ސިނަމާ އަކީ ފަސޭހައިން ރޫޅާލާ ބޭނުންތަކަކަށް ބަދަލުކޮށްލެވޭނެ ކަހަލަ ސިނަމާއެކެވެ.

ލަދަކްގެ ލެހްގައި މި ސިނަމާ ގާއިމުކޮށްދީފައިވަނީ ޕިކްޗަރޓައިމް ޑިޖިޕްލެކްސް ނަމަކަަށްކިޔާ އަމިއްލަ ކުންފުންޏަކުންނެވެ.

މިސިނަމާގައި ފުރަތަމަ އަޅުވާފައިވަނީ އަކްޝޭ ކުމާރް ލީޑު ރޯލް އަދާ ކުރާ ހިންދީ ފިލްމު "ބެލް ބޮޓޮމް" އެވެ. މިހިނގާ އޮގަސްޓް މަހު 22 އެޅުވި ބެލް ބޮޓޮމް ފިލްމަށްފަހު ލަދަކް އާއި ބެހޭ ޑޮކުމެންޓްރީ އެއްވެސް މިސިނަމާގައި ވަނީ އަޅުވާފައެވެ.

ފަސޭހައިން ރޫޅާލާ ބޭނުންތަކަކަށް ބަދަލުކޮށްލެވޭނެ ކަހަލަ މިއިންފްލޭޓެބްލް ސިނަމާ ފުރަތަމަ އިންޑިއާއަށް ތައާރަފްކޮށްފައިވަނީ 2015 އަހަރުއެވެ. އަދި އާންމުކޮށް ބޭނުންކުރެވޭގޮތަށް މިފަދަސިނަމާ އެއް ގާއިމުކޮށްފައިވަނީ 2016 ވަނަ އަހަރުގެ "ގޯއާ ފިލްމް ފެސްޓިވަލް" ގައެވެ. 65000 ޑޮލަރުގެ މިއިންފްލޭޓެބްލް ސިނަމާ އިންޑިއާގެ ރިމޯޓް ސަރަހައްދުތަކުގައި ގާއިމުކުރުމަށް ޕިކްޗަރޓައިމް ޑިޖިޕްލެކްސް ކުންފުނިން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން