އިންޑިއާގެ ގުޖުރާތުގެ ފިރިހެނަކު 'ކޮންޑަމް' ހަނދާން ނެތުމުން ޖިންސީ ގުނަވަނަށް ތެރަސް އަޅައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ މި ފިރިހެން މީހާ، ތެރަސް ބޭނުންކޮށްފައިވަނީ އޭނާގެ ވާން އުޅޭ އަނބިމީހާ އާއެކު ބަދުއަޚުލާގީ ގުޅުން ހިންގުމުގެ ބޭނުމުގައެވެ.

ނަމަވެސް ފަހުން މިފިރިހެން މީހާ ފެނިފައިވަނީ އޭނާ ހުރި ހޮޓަލު ކޮޓަރި ތެރެއިން އޭނާ ހޭނެތިފައި އޮއްވައެވެ. އަދި ހޮސްޕިޓަލަށް ވެންގޮސް ޓެސްޓު ހެދުމުން އޭނާ އޮތީ މަރުވެފައި ކަމަށާއި، އޭނާ މަރުވެފައިވަނީ ޖިންސީ ގުނަވަން މައްޗަށް އެޅި ތެރަހުގައި ހުރި ކެމިކަލްގެ ސަބަބުން އޭނާގެ އެތެރެހަށީގެ ގިނަ ގުނަވަންތަކެއް ފެއިލްވުމުންކަމަށް ނިންމާފައިވެއެވެ.

އަދި މިފިރިހެން މީހާ މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާކަމަށްވެސް އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުބް ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން، ސަލްމާން ނަމަކަށް ކިޔާ މިފިރިހެން މީހާގެ އިތުރު މެޑިކަލް ޓެސްޓުތަކެއްގެ ނަތީޖާތަކެއް ލިބެންދެން، މިހާދިސާގެ ތަހުގީގު މަޑުޖެހިފައިވާކަމަށްވެސް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ފިރިމީހާ

03-Sep-2021

ދެމަފިރިން ވެސް ބަދުއަހުލާގީ އަމަލު ހިންގާތަ!!!



ޓްރެންޑިން