އިންޑިއާ އާއުސްމިންތަކަކަށް ގެންދަވާނެ ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވައުދުވެވަޑައިގެންފިއެވެ.

ބޮޑުވަޒީރު މޯދީ މިފަދައިން ވައުދުވެވަޑައިގެންފައިވަނީ އިންޑިއާގެ 75 ވަނަ މިނިވަންދުވަހުގެ މުނާސަބާގައި އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުންނެވެ. މިގޮތުން ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އިންފްރާސްޓްރަކްޗަރ އެއް ގާއިމުކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބޭވަރުގެ އާއުސްމިންތަކަކަށް އިންޑިއާ ގެންގޮސްދޭނެކަމަށް ބޮޑުވަޒީރު މޯދީ ވަނީ ވައުދުވެވަޑައިގެންފައެވެ.

މޯދީގެ ވާހަކަފުޅުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އިންފްރާސްޓްރަކްޗަރ އެއް ގާއިމުކުރުމަށް 1.35 ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ހުށައަޅުއްވާފައެވެ. މިބަޖެޓުގެ އަމާޒަކީ އިންޑިއާގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ވަޒީފާ އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލު ތަކުން އަރައިގަތުމަށް ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލްވުންކަމަށް މޯދީ ވިދާޅުވެފައިވެއެވެ.

މިގޮތުން ކުރިއަށްއޮތް 25 އަހަރަކީ ވަރަށްވެސް އުއްމީދީ އަހަރުތަކަކަށް ވެގެން ދާނެކަމަށް ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ.

200 އަހަރަަށްފަހު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަންވެފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހު 15 ވަނަ ދުވަހުއެވެ. އިނގިރޭސީންގެ އަތްދަށުން މިނިވަންވިއިރު، އެގައުމު ވަނީ މުސްލިމު މެޖޯރިޓީ ޕާކިސްތާނަށް އަދި ހިންދޫ މެޖޯރިޓީ އިންޑިއާއަށް ބެހި ވަކިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން