ޖަޕާނަށް ބޯކޮށް ވާރޭވެހި ދެމިލިއަނެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.

ޖަޕާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ތަކުގައި މިހާތަނަށް ގިނަބަޔަކަށް އަނިޔާވެ އަދި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ޖަޕާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިވިއްސާރައިގައި މަރުވި އަންހެނެއްގެ ފިރިމީހާއާއި ދަރިފުޅު ވީތަނެއް ނޭގި ގެއްލިފައިވާކަމަށްވެސް ޖަޕާނުގެ ރެސްކިއު ޓީމްތަކުން ވަނީ ހާމަކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައާއެކު ބޯކޮށް ވާރޭ ވެހި، މޫސުން އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރުވެސް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ނެރެފައެވެ. އަދި މިވިއްސާރަ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ދެމިގެން ދާނެކަމަށްވެސް ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޖަޕާނުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށެވެ. މިގޮތުން ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކުގެ މަގުތަކާއި ކޯރުތަކުގައި ފެންބޮޑުވެ އަދިވެސް ފެނުއަޑީގައިވާކަމަށް ޖަޕާނުގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން