ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ނޭފަތަށް ޖަހާ ސްޕްރޭއެއް އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކުރަން ތައިލެންޑުން ތައްޔާރުވެއްޖެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ މިވެކްސިނަކީ ނޭފަތަށް ޖަހާ ސްޕްރޭ އެއް ފަދައިން ބޭނުން ކުރެވޭނެ ވެކްސިނެއް ކަމަށް ތައިލެންޑުން ހާމަކުރެއެވެ. އަދި މިފަދައިން ދެވެކްސިނެއްގެ ތަހުލީލުތައް ކުރަމުންދާއިރު، ޖަނަވާރުން ބޭނުންކޮށް ހަދަން ޖެހޭ ތަހުލީލުތައް ނިންމައި އިންސާނުން މެދުވެރިކޮށް ހަދަން ޖެހޭ ތަހުލީލުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ތައިލެންޑުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިގޮތުން އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބުނުހާ އަވަހަކަށް އިންސާނުން ބޭނުންކޮށްގެން މިވެކްސިނުގެ ތަހުލީލުތައް ފަށަން ހަމަޖެހިފައިވާކަމަށްވެސް ތައިލެންޑުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ. މިތަހުލީލުތަކުން ކޮވިޑުގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވާ މިންވަރު ދެނެގަނެވޭނެކަމަށްވެއެވެ. އަދި އަމާޒަކީ ތަހުލީލުތައް ނިންމައި 2022 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް މިވެކްސިން އާންމުކޮށް ބޭނުންކުރެވޭވަރުވުން ކަމަށް ތައިލެންޑުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

ނޭފަތަށް ޖަހާ މިދެވެކްސިން ތައްޔާރުކޮށްފައިވަނީ ތައިލެންޑުގެ ނެޝަނަލް ސެންޓަރ ފޯރ ޖެނެޓިކް އިންޖިނިއަރިން އެންޑް ބައޯޓެކްނޮލޮޖީ އިންނެވެ.

މިދެވެކްސިނުގެ އިތުރުން ތައިލެންޑުން އުފައްދާފައިވާ އިތުރު ދެ ކޮވިޑް ވެކްސިނެއްގެ ތަހުލީލުތައް ފެށުމަށްވެސް އެގައުމުން އަންނަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން