މިސްރުގެ ސުއޭޒް ކެނަލް ބްލޮކް ކޮށްލި އެވަރގިވެން އާގުބޯޓު އެންމެ ފަހުން އިނގިރޭސިވިލާތަށް ފޯރައިފިއެވެ.

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މިއާގުބޯޓު ސުއޭޒް ކެނަލުގައި ބީހި، އެތައް ދުވަހެއް ވަންދެން އެމަގުން އެހެން އެއްވެސް ބޯޓަކަށް ދަތުރު ނުކުރެވި އެމަގު ބަންދުވެ، ޓްރެފިކް ބާރުބޮޑުވެގެން ދިޔައީ މިއަހަރުގެ މަރޗް މަހުގެ ތެރޭގައެވެ. މިހާދިސާގައި ސުއޭޒް ކެނަލުގައި ތާށިވެފައި އޮތް އެވަރގިވެން ފުންކުރުމަށްފަހު، މަގުން ޖާގަ ހެދުމަށްފަހުވެސް ސުއޭޒް ކެނަލުން ބޯޓު ދޫކޮށް ނުލާ ހިފަހައްޓާފައި އޮތެވެ.

އެންމެ ފަހުން އެވަރގިވެން ބޯޓު ސުއޭޒް ކެނަލުން ދޫކޮށްލާފައިވަނީ، އެސަރަހައްދުގައި ތާށިވެ، އެސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުތައް ދަތުރުކުރުމަށް ހުއްދަދޭ ސުއޭޒް ކެނަލު ބަލަހައްޓަމުންދާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވުނު އެއްބަސްވުމާއިއެކުއެވެ. މިގޮތުން މިއެއްބަސްވުމަށް އާދެވިފައިވަނީވެސް 3 މަސް ދުވަހަށް ދެމިގެން ދިޔަ ބަހުސްތަކާއި، މަޝްވަރާތަކަކާއިއެކުއެވެ. މިބަހުސްތަކުގައި، އެވަރގިވެން ނިސްބަތްވާ ކުންފުނިން ބުނަމުންދިޔައީ ސުއޭޒް ކެނަލުގައި ތާށިވީ ވައިގަދަވެގެން ކަމާއި ގަސްތުގައި ނޫންކަމަށްވުމުން ލިބުނު ގެއްލުމުގެ ބަދަލު ލުއިކޮށްދިނުމަށެވެ.

އިނގިރޭސިވިލާތަށް މުދާބޭލުމަށް މިހާރު ގާތްކޮށްފައިވާ 1،312 ފޫޓުގެ އެވަރގިވެން އާގުބޯޓު، އިނގިރޭސިވިލާތަށް މުދާބޭލުމަށްފަހު ދެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނަށް ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން