ކޮވިޑުން ރައްކާތެރިވުމަޡް ވެކްސިން ތައްޔާރުކޮށްފައިވާ ދެކުންފުނި ކަމަށްވާ މޮޑަރނަރ އަދި ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިން ޔޫރަޕަށް ވިއްކާ އަގުބޮޑުކޮށްފިއެވެ.

މިކަން ތަފްސީލުކޮށްދީފައިވާ ފައިނޭންޝިއަލް ޓައިމްސް ނޫހުގެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިން ފައިޒަރގެ ވެކްސިނުގެ އަގު 18.39 ޑޮލަރަށް ހުރިއިރު، މިހާރު ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނުގެ އަގު އުޅެނީ 23.15 ޑޮލަރުގައެވެ. އަދި މޮޑަރނާ ކުންފުނީގެ ވެކްސިނުގެ އަގު މީގެ ކުރިން 22.60 ގައި ހުރިއިރު، މިހާރު މޮޑަރނާ ކުންފުނީގެ ކޮވިޑް ވެކްސިނުގެ އަގު އުޅެނީ 25.50 ޑޮލަރުގައެވެ.

ޔޫރަޕިއަން ކޮމިޝަނުން މިދިޔަ ހަފްތާގައި، ޔޫރަޕުގެ ހުރިހާ ގައުމެއްގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 70 އިންސައްތަ މީހުން، ވެކްސިނުގެ ދެޑޯޒު ފުރިހަމަކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ހާމަކޮށްފައިވެއެވެ. މިއާއެކު ކޮވިޑް ވެކްސިނުގެ އަގު އުފުލިގެން ދިޔައީ މިވެކްސިނަށް އޮތް ޑިމާންޑު އިތުރުވުމުން ކަމަށް ބޭރުގެ ގިނަ މީޑިއާ ތަކުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ވެކްސިނުގެ އަގު އުފުލިގެން ދިޔަ ސީދާ ސަބަބާއިމެދު ފައިޒަރ އަދި މޮޑަރނާ ކުންފުނިން ރަސްމީބަހެއް ބުނެފައެއް ނުވެއެވެ. އަދި ވެކްސިން ވިއްކާފައިވާނީ ޔޫރަޕުގެ ގައުމުތަކާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން