މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
ފާއިތުވި ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު 2020 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ ވަނީ އިތުރުވެފައި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

ކަސްޓަމްސްގެ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫންމަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވަނީ 1.014 ބިލިއަން ރުފިޔާގެ ޢާމްދަނީއެވެ.

ފާއިތުވީމަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގު ވަނީ 3 އިންސައްތަ އިތުރުވެފައެވެ. ޖޫން މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖޫން މަހު މިއަދަދު ވަނީ 3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.



މީގެ އިތުރުން ފާއިތުވި ޖޫންމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު 59 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު 156 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، މިއަހަރުގެ ޖޫން މަހު މި އަދަދު ވަނީ 247 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވީ ޖޫން މަހު ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމަކީ އޮމާން އެވެ. އެޤައުމުން ވަނީ ރާއްޖެއަށް 490 މިލިއަން ރުފިޔާގެ މުދާ އެތެކޮށްފައެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޗައިނާ އިން ވަނީ 354 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. ޖޫން މަހު ރާއްޖެއަށް 82 އުޅަނދު އައިސްފައިވާއިރު ރާއްޖެއިން ފުރައިގެން 93 އުޅަނދު ވަނީ ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން