ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ހދ.ކުޅުދުއްފުށީ ސިޓީކައުންސިލުން މިއަދު ބުނީ އެ ސިޓީން ޕޮޒިޓިވް ކޭސް އެއް ފެނުމާއި ގުޅިގެން އެ ރަށް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރަށުގައި ތިބި އެއްވެސް މީހަކު މިހާރުން ފެށިގެން އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން މަޑުކުރުމަށާއި ރަށަށް އަރާ ފޭބުން މަނާ ވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެެވެ.



އެ ސިޓީ އެޗްޕީއޭގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު ހަވީރު 17:50 ހާއިރު އެވެ. ކޮވިޑާއި ގުޅިގެން އެންމެ ގިނައިން ބަންދު ކުރި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީ ހިމެނޭކަން ފާހަގަަކޮށްލެވެއެެވެ.

ކޯވިޑް ފެތުރޭ މިންވަރު ކޮންވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމުން ދިން ލުއިތަކާއެކު ގިނަ ބަޔަކު މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އެޗްޕީއޭއިން ވަނީ ލުއިދީ ރަށްރަށަށް ދިއުމަށް ހުއްދަ ދިން ނަމަވެސް އުސޫލުތަކުގައި ހިފަހައްޓައިގެން ނޫޅޭނަމަ ބަލި ފެތުރި ހާލަތު ގޯސްވެދާނެ ކަމަށްބުނެ އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން