ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ފުލުހުން ބުނީ މިރޭ 8:40 ހާއިރު، އިސްކަންދަރުކޮށީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި 6 މޭގައި ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެކަމަށެވެ.

ފުލުހުން ބުނީ މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ޕްރެސް ކޮންފަރެންސެއް ބާއްވާއިރު، އެމައްސަލައިގައި ފުލުހުން އެންމެ ފުރަތަަމަ ހައްޔަރުކުރި 4 މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް މިހާރު ފޮނުވާފައެވެ.

ހަމަލާގެ ތަހުޤީޤް ރަނގަޅަށް ކުރިއަށްދާކަމަށް ސަރުކާރުން ބުންޏަސް، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ބޮމުގެ ހަމަލާގައިވެސް، ތަހުޤީޤްކުރުމުގައިވެސް ސަރުކާރުގެ އިހުމާލުތަކެއް އެބަހުއްޓެވެ. އެގޮތުން މިހާތަނަށް އައިއިރުވެސް ހަމަލާދިން ސަބަބެއް، ނުވަތަ އެކަމަށް ޚަރަދުކުރި ބަޔަކު ހޯދިފައިނުވާކަން އެފަދަ ފަރާތްތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން