ރާއްޖޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީތަކުގައި މަސައްކަތްކުރާނެ ރަޖިސްޓާޑް ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

އައިޖީއެމްއެޗުން ނެރެފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއާއި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ 36 ނަރުހުން ބޭނުންވާކަމަށެވެ. އެމީހުންނަށް މުސާރައިގެ ގޮތުގައި މަހަކު 9060 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، އެލަވަންސްގެ ގޮތުގައި ދުވާލަކު 188 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތްކުރަންޖެހޭނީ ހަފުތާއަކު ފަސް ދުވަހު ދުވާލަކު 8 ގަޑިއިރުކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ. އައިޖީއެމްއެޗުން ބުނީ އަންނަމަހުގެ 5 ވަނަ ދުވަހާއި ހަމައަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ރާއްޖޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީތަކުގައި މަސައްކަތްކުރާނެ ރަޖިސްޓާޑް ނަރުހުން ހޯދަން އިއުލާންކޮށްފައިވާއިރު، ރާއްޖޭގައި ސިއްހީ ހިދުމަތްތެރިން ލިބުމުގައި ދަތިތަކެއް އުޅޭކަން ކަމާއިބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެންމެފަހުން ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވެގެންދިޔައިރު، އެކަން ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ނަރުހުންނާއި ޑޮކްޓަރުން ނެތްކަމާއި އަދި ކޯވިޑްގެ ގޯސް ހާލަތުގައި ސިއްހީ އެހީތެރިން ނެތުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާތީ އެހާލަތަށް ތައްޔާރުވުމަށް ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަށް މަސައްކަތް ކުރަމުން ގެންދާކަން ހުސްވި މަހުވެސް ހެލްތު މިނިސްޓަރު ވަނީ ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން