މާލޭގެ ވައި ނުސާފުވެ، ތަޣައްޔަރުވެފައިވާ މިންވަރު ބެލުމަށް ޚާއްސަ މަރުކަޒެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިިނިސްޓްރީން ބުނީ މާލޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ ވަރު ބެލުމަށް "އެމްބިއަންޓް އެއާރ ކޮލިޓީ މޮނިޓަރިން ސްޓޭޝަން"އެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެފަދަ ސްޓޭޝަނެއް ޤާއިމްކުރުމަށް ކަމާ ގުޅޭ ޓެކްނިކަލް އެސެސްމަންޓް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މާލޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ ވަރު ބެލުމަށް "އެމްބިއަންޓް އެއާރ ކޮލިޓީ މޮނިޓަރިން ސްޓޭޝަން"އެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިނަމަވެސް، ރާއްޖޭގައި ވައި ނުސާފުވެ ތަޣައްޔަރުވުމުގެ މައްސަލައަކީ ފާހަގަވެފައިވާ މައްސަލައެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި ދުއްވާ ވެހިކަލްތަކާއި، އިންޑަސްޓްރިއަލް މަސައްކަތްތައް އިތުރުވާވަރަކަށް، ވައި ނުސާފުވުމުގެ ފުރުޞަތު އޮންނާނެ ކަމަށް ކަމާބެހޭ މާހިރުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން