އެމްޑީޕީ ރަޖިސްޓްރީކުރަން ހޯމް މިނިސްޓްރީ ތެރޭގައި ޕާޓީގެ އިސް ބޭފުޅުން (ނަޝީދު، ފުރަހަނި ޝުއައިބު، ޒަކީ، އައްބާސް، ޝިޔާމް)
އެމްޑީޕީ ރަޖިސްޓްރީކުރަން ހޯމް މިނިސްޓްރީ ތެރޭގައި ޕާޓީގެ އިސް ބޭފުޅުން (ނަޝީދު، ފުރަހަނި ޝުއައިބު، ޒަކީ، އައްބާސް، ޝިޔާމް)
އެމްޑީޕީ އުފެއްދި މަޤްޞަދާއި އަމާޒުތައް އެޕާޓީއަށްވެސް މިއަދު އޮޅިފައިވާކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑެތި މައްސަލަތައް އުފެދި، ޕާޓީ ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ޝިޔާމް ވިދާޅުވީ މީގެ 16 އަހަރުކުރިން އެމްޑީޕީ އުފައްދައިގެން ހޯދަން މަސައްކަތްކުރި "އެތި" އެމްޑީޕީއަށްވެސް އޮޅިއްޖެކަމަށެވެ. އަދި 16 އަހަރު ފަހުން ލިބުނީ ހޯދަން މަސައްކަތްކުރި "އެތި" ނޫންކަން އެމްޑީޕީގެ މަތީފަޑިން ފެށިގެން އާއްމު މެމްބަރުންނަށްވެސް އެނގޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.



"މީގެ 16 އަހަރުން އެމްޑީޕީ ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށްވެސް އޮޅިއްޖެ. ޔަޤީނުންވެސް 16 އަހަރު ފަހުން މިލިބުނީ ހޯދަން މަސައްކަތް ފެށި އެތި ނޫންކަން އެމްޑީޕީގެ މަތީފަޑިން ފެށިގެން އާއްމު މެމްބަރަށްވެސް އެނގޭނެ. ލައްކަ ވާހަކަ." ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީ އުފެއްދި މަޤްޞަދާއި އަމާޒުތައް އެޕާޓީއަށްވެސް މިއަދު އޮޅިފައިވާކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވިއިރު، އެމްޑީޕީއަކީ ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ އާއިލީ ވެރިކަން ނިމުމަކަށް ގެނެސް، ދިވެހިންނަށް މިނިވަންކަމާއި އިންސާފާއި ތާހިރު ދިރިއުޅުން ހޯދައިދިނުމުގެ ވައުދާއެކު ވުޖޫދުވި ޕާޓީއެކެވެ. ނަމަވެސް މިއަދު އެމްޑީޕީ ތެރެއިން އަނެއްކާވެސް ފެންނަމުންދަނީ އާއިލީ މީހުންނާއި ގާތް މީހުން ވެރިކަމުގައި ދަމަހައްޓަން މަސައްކަތްކުރާ ކުރުންކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. އެހެންކަމުން އެއީ އެމްޑީޕީ އުފެއްދި ސީދާ މަޤްސަދާއިވެސް ހިލާފުކަމެއްކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހެޔޮއެދޭ ބެއްޔާ

26-Jul-2021

ރޫހާނީ ލީޑަރު ނަޝީދު ބަދަލުހިފުމުގެ ރޫހެއްގައި ނިކުމެ ވެރިކަން ބޭނުންވެގެން ޑިކްޓޭތާރު ހެދި ސަރުކާރަށް ޖެއްސުން ކުރަން ފެށުމުން އެމީހާގެ އަގު ވެއްޓިއްޖެ. ތީ ވަކިމީހެއްގެ ޕާޓީއަކަށް ހދައިގެން ގޯޑް ފާދަރ ހައްދައިގެން އުޅެން ބޭނުންވާ މަޖްލިސް މެމްބަރުން އެބަތި. ނަޝިދަށް ސަނާކިޔައިގެން . އަދި މިއަދު ނަޝިދަށްވެސް ކަމުދަނީ އެގޮތް. ހުރިހާ ގޮތަކަުން ކޮޅުކެހި ލިބި އަމިއްލަ ދިރިއުޅުންވެސް ގެއްލުނީ. ލައިލާ ނުލިބި މަޖުނޫނުވީ.



ޓްރެންޑިން