ސްޕެއިންގެ އަންދަލޫސިއާގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް، މަޖިލިސް ހިނގަމުންދިޔަ މާލަމަށް މީދަލެއް ވަދެ ބައްދަލުވުން ހުއްޓުވައިފިއެވެ.

ރޮއިޓާސް ނޫސްއެޖެންސީން އާންމުކޮށްފައިވާ މިބައްދަލުވުމުގެ ވީޑިއޯގައި މަޖިލީހުގެ ރައީސް ވާހަކަފުޅުދައްކަވަމުން ދަނިކޮށް މަޖިލިސްކުރާ މާލަމުގެ ތެރެއިން މީދަލެއް ދުވަމުން ދާތަން ފެނުމުން، ސިހިވަޑައިގެން ވާހަކަފުޅު މެދު ކަނޑުއްވާލައްވާ ތަން ފެނިގެންދެއެވެ. މިއާއެކު މަޖިލީހުގައި އެވަގުތު ތިބި މެމްބަރުންގެ ސަމާލުކަމަށް މިކަން އައިސް، ބައެއް މެމްބަރުން ގޮނޑިން ތެދުވެ ދުރަށް ޖެހިވަޑައިގެންނެވިއިރު، ބައެއް މެމްބަރުން މީދާ ހޯދުމަށް ގޮނޑިތައް ދުރުކުރަމުންދިޔަ މަންޒަރުވެސް ފެނިގެންދެއެވެ.



މިހާދިސާއާއި ގުޅިގެން ސްޕެއިންގެ ނޫސްތަކުން ވަނީ އަންދަލޫސިއާގެ މަޖިލީހުން ފެނިގެން ދިޔައީ ކުޑަ މީދަލެއް ނޫންކަމަށް ސިފަކޮށްފައެވެ. އަދި މީދާ ހިފުމަށްފަހު، ފަހުން ޖަލްސާ ކުރިއަށް ގެންދިއަކަމަށްވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން