މާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓް ދީފިއެވެ.

ސްޓެލްކޯއިން ބުނީ މާލެއިން ކަރަންޓް ކެނޑުނީ ‏ގްރޭޓާމާލެ ކަރަންޓްވިއުގައިގެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށްކަމަށެވެ. އަދި މިހާރު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ލިބޭނެކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.



ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު އަދި ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މަސައްކަތް ކުރަމުން ދަނީ ގްރޭޓާމާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީއެންމެ އަވަހަކަށް ނިންމުމަށްކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް ގެންދާނީ މީޑިއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުންކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން