ރާއްޖޭގެ ސްކޫލްތަކުގައި މިއުޒިކާއި ކޮންސެޓް ހަރަކާތްތައް މުޅިން ގެއްލެމުންދާތީ ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ސިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސިފާ މިހެން ވިދާޅުވީ، ގާއޮޑިލަވަ، ބޮޑުބެރު، ތާރައިގެ ހަމަތަކާ ބެރުތައް ތަފާތުކޮށް ކިޔައިދެއްވާ ބޭފުޅުންގެ ހަމަތައް ޑޮކިޔުމެންޓްކުރުމަކީ ފަހަށް ބޭނުންތެރިކަމެއް ކަމަށް ވިދާޅުވެ ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝައްމޫން ޖަލީލް (ލޫކަސް) ކުރެއްވި ޓްވީޓަކަށް އިޝާރާތްކުރައްވައެވެ.



ލޫކަސްގެ ޓްވީޓާއި ގުޅިގެން ސިފާ ވިދާޅުވީ ދިވެހިންގެ ލަވަ، މުއިޒިކް، ފިލްމް އަދި އާޓްސް ތަރަައްގީވެގެންދާތަން ފެނުމަކީ އެކަމަނާ ބައްލަވަން ބޭނުންވާ މަންޒަރެއް ކަމަށެވެ. ނަމަވެސް ސްކޫލްތަކުން ޑްރާމާ، ކޮންސެޓް އަދި މިއުޒިކް މުޅިންހެން ގެއްލެމުންދާކަމަށް ސިފާ ވިދާޅުވިއެވެ.



"ކޮބައިތޯ ސްޕޯޓްސް. އަދި އާޓްސް ސްކޫލްތައްވެސް އަންނަންޖެހޭ. ނޫނީ ސްޕެޝަލް ކްލާސްތައް މިކަމަށް އުފަންކުރަން ފެނޭ." އާޓްސް އެންޑް ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން ޓެގް ކުރައްވައި ކުރެއްވި ޓްވީޓުގައި ސިފާ ވިދާޅުވިއެވެ.



ރާއްޖޭގެ ސްކޫލްތަކުގައި މިއުޒިކާއި ކޮންސެޓް ހަރަކާތްތައް މުޅިން ގެއްލެމުންދާކަމަށް މާލެސިޓީގެ ކުރީގެ މޭޔަރ ސިފާ ވިދާޅުވިއިރު، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އިލްމުވެރިން ވިދާޅުވަނީ މުއިޒިކަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއްކަމަށެވެ.

ސިފާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވަނީ އެމަނިކުފާން އިއްތިހާދުވާން ބޭނުންފުޅުވަނީ މިއުޒިކް ކުޅުމަށް ތާއީދުކުރާ ސިޔާސަތެއް ގެންގުޅޭ ބަޔަކާ އެކުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު