އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ.
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ.
ޕާކިސްތާނަށް ކަނޑައަޅައިފައި ހުންނަވާ އަފްޣާނިސްތާނުގެ ސަފީރުގެ ދަރިކަނބަލުން ރަހީނު ކުރި ހާދިސާ އާއިއެކު، ޕާކިސްތާނުގައި ތިއްބަވާ އަފްޣާނިސްތާނުގެ ސަފީރުން އަނބުރާ ގައުމަށް ވަޑައިގަތުމަށް އަފްޣާނިސްތާނުގެ ރައީސް އަންގަވައިފިއެވެ.

ޕާކިސްތާނަށް ކަނޑައަޅައިފައި ހުންނަވާ އަފްޣާނިސްތާނުގެ ސަފީރުގެ ދަރިކަނބަލުން ސިލްސިލާ އަލިހިލް، 26އ، ރަހީނުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ރަހީނުކުރުމަށްފަހު، ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން އެތައް އަނިޔާއެއް ދިނުމަށްފަހު ހަމަ އެދުވަހު ސިލްސިލާ އަލިހިލް ވަނީ ދޫކޮށްލާފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ޕާކިސްތާނުގައި ތިއްބަވާ އަފްޣާގާނިސްތާނުގެ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ވަޑައިގަތުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ އަންގަވާފައެވެ. އަދި މިހާދިސާ ތަހުގީގުކޮށް، ޑިޕްލޮމެޓުންގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް އަފްޣާނިސްތާނުގެ ޑިޕްލޮމެޓުން ޕާކިސްތާނަށް ވަޑައިނުގަންނަވާނޭކަމަށް ވެސް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ލިއުމެއްގައި ބަޔާންކޮށްފައިވެއެވެ.

ސިލްސިލާ ރަހީނުކޮށްފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ މަގުމަތިންނެވެ. ސިލްސިލާ ރަހީނުކުރުމަށްފަހު އެތައް ގަޑިއިރެއްވަންދެން އަނިޔާކޮށްފައިވާއިރު، ގުނަވަން ތަކުގެ އެތައް ތަނަކުން ބިންދައިގެން ގޮސްފައިވާކަމަށް ސިލްސިލާގެ މެޑިކަލް ރިޕޯޓުތަކާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ. އަދި އަތާއި ފައި، ވާގަނޑަކުން އައްސާފައިވާ ކަމުގެ ނިޝާންފެންނަން ހުރިކަމަށްވެސް ވެއެވެ. މިހާދިސާއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން