ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި ކާޓް ވެސްޓެގާޑް.
ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި ކާޓް ވެސްޓެގާޑް.
ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި ކާޓް ވެސްޓެގާޑް މަރުވެއްޖެއެވެ.

ޑެންމާކަށް ނިސްބަތްވާ މިކުރެހުންތެރިޔާ ވަނީ ޑެންމާކްގެ ނޫހެއްގައި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް 12 ކާޓޫނެއް ކުރަހައި 2005 ވަނަ އަހަރު އާންމުކޮށްފައެވެ. "ދަ ފޭސް އޮފް މުހައްމަދު" ނުވަތަ މުހައްމަދު ގެފާނުގެ މޫނުފުޅުގެ ނަމުގައި އޭނާ ކުރެހި މިކުރެހުންތައް އާންމު ކުރުމާއިއެކު މުޅި ޑެންމާކާއި ދެކޮޅަށް އެތައް މުސްލިމުންނެއް އަޑުއުފުލާފައިވެއެވެ.

މިގޮތުން ބައެއް ގައުމުތަކުގައި ހުރި ޑެންމާކްގެ އެމްބަސީތަކަށް ހަމަލާދީ މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެފައިވެއެވެ. މިހަމަނުޖެހުންތައް މައިތިރިވި ފަހުން، މިކުރެހުންތައް 2008 ވަނަ އަހަރު ޑެންމާކްގެ ތިން ނޫހެއްގައި އަދި 2012 ވަނަ އަހަރު ފްރާންސްގެ މަޝްހޫރު ނޫހެއްކަމަށްވާ ޗާލީ ހެބްޑޯގައި އަލުން ޗާޕުކޮށް އާންމުކޮށްފައިވެއެވެ.

ކާޓް ވެސްޓެގާޑްގެ ކުރެހުންތަކާއިއެކު އޭނާއަށް މަރުގެ އިންޒާރު ލިބުމާއިއެކު އޭނާ ވަނީ އާންމުންގެ ތެރެއަށް ނުކުމެ އުޅުން މަދުކޮށް ގޭގައި އެކަހެރިވެފައެވެ.

ކާޓް ވެސްޓެގާޑް މަރުވެފައިވަނީ އެތައް ދުވަހެއް ވަންދެން ބަލިވެ އުޅުމަށްފަހު ކަމަށް އޭނާގެ އާއިލާއާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އުމުރުން 86 އަހަރުގެ ވެސްޓެގާޑް މަރުވެފައިވަނީ ނިދާފައި އޮއްވާކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން