ކޮވިޑް ޓެސްޓުކުރާ ރެޕިޑް ޑައިގްނޮސްޓިކް ޓެސްޓް (އާރްޑީޓީ) ކިޓުގެ އެއްލައްކަ ކިޓު ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމުގެ ދަށުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް މި އާރްޑީޓީ ކިޓުތަކުގެ އެއް ލައްކަ ކިޓު ފޯރުކޮށްދީފައިވަނީ ޔޫއެސްއެއިޑްގެ ދަށުންނެވެ.

އެމެރިކާއިން ހަދިޔާކޮށަފއިވާ މި އާރުޑީޓީ ޓެސްޓު ކިޓުތައް ބޭނުން ކޮށްގެން ފަސޭހަ ކަމާއެކު ކޮވިޑް ޓެސްޓުގެ ނަތީޖާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ލިބިގެން ދާނެއެވެ. އެގޮތުން ޓެސްޓު ކިޓުތަކުގެ އެހީގައި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކައްވެސް ފަސޭހައިން ކޮވިޑްގެ ވައިރަސް ހުރިތޯ ބަލާލެވޭނެއެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ލެބޯޓްރީއެއް ނެތް މި ހާލަތުގައި، ކޮވިޑް ޓެސްޓް ހެދުމަން ދަތިވެފައިވާއިރު ޓެސްޓް ހެދުމަށްފަހު އެ އަތޮޅެއްގެ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމުގެ ބަދަލުގައި ބޭނުން ކުރަން އޮތް ހައްލެއް ވެސްމެއެވެ.

މިދިޔަ މަހު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔަ ދުވަސްވަރުވެސް އެމެރިކާ ސަރުކާރުން ވަނީ ބަލިމީހުންނާ ގާތުން ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިންނަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި 184،000 ޕީޕީއީއާއި، އަންގިއާއި މާސްކާއި ޕްރޮޓެކްޓިވް ގޮގުލްސް ހިމެނެއެވެ. އޭގެއިތުރުން 600 އޮކްސިމީޓަރާއި އެޔަށް ބޭނުންވާ 1،200 ބެޓެރީވެސް އެމެރީކާ އިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މީގެއިތުރުން ކޯވިޑްގެ ހާލަތާއި ގުޅުވައިގެން އެމެރިކާއިން ވަނީ 4.6 މިލިޔަން އެމެރިކާ ޑޮލަރުގެ ވަސީލަތްތަކާއި ތަމްރީނު ފުރުސަތުތަކުގެ އިތުރުން، ކޮވިޑްގައި ބަލިވެ ހާލުދެރަވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ 60 ވެންޓިލޭޓަރުވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން