ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެކްސިން ޖައްސަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެކްސިން ޖައްސަވަނީ
ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ހިންގާ ވެކްސިން ކެމްޕޭންގައި މިހާތަނަށް 246،841 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 246،841 އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 319،712 އަށް އަރައިފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ނުޖަހާ ތިބި މީހުންގެ އަދަދު 72871 އަށް އަރައެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މެއި މަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މިހުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، އެޕޮއިންޓްމެންޓް ހައްދައިގެން ވެކްސިން ޖެހޭނެ ކަމަށެވެ. ނަމަވެސް ޢީދު ބަންދާ ދިމާކޮށް އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދިނުން މެދުކަނޑާލަން ނިންމާފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ.

ރާއްޖެއިން މިހާތަނަށް ރައްޔިތުންނަށް ދެމުން އައީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، އެމެރިކާގެ ފައިޒާ ވެކްސިނެވެ. ހަމައެއާއެކު ރަޝިޔާގެ ސުޕަޓްނިކް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ.

މީގެއިތުރުން ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް އެކްސްޓްރާޒެނެކާގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަންނަންވެސް ސަރުކާރުން ވަނީ އޯޑަރު ދީފައެވެ. ސަރުކާރުން ލަފާކުރަނީ މިހާރު އޯޑަރ ދީފައިވާ ވެކްސިންގެ ބޮޑުބައެއް މި މަހުގެ ފަހުކޮޅު ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން