ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިމަހު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ރައީސް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުުޅު މިމަހުގެ 16 ވަނަ ދުވަހު ފައްޓަވާނެ ކަމަށެވެ. މިއީ 3 ދުވަހަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، 18 ވަނަ ދުވަހު ދަތުރު ނިންމަވާލައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަކްރޫކް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީ އާއި، ހދ. ކުމުންދޫ އަދި ހދ. ހަނިމާދު އަށް ވަޑައިގަންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި، ކޯވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މިގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް ރައީސް ޞާލިޙް ވަނީ ޒިޔާރަތްކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން