ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތަކެއް | ފޮޓޯ: ޕޮލިސް މީޑިއާ
ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތަކެއް | ފޮޓޯ: ޕޮލިސް މީޑިއާ
732 ބިޔަރު ދަޅާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ގާނޫނާއި ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް ބަނގުރާގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ގެ އަކާއި ގަރާޖެއް ބަލައި ފާސްކުރިއިރު 732 ދަޅު ބިޔަރު ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން