އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި ދެދަރިންނަށް ވުރެ ގިނައިން ދަރިން ހޯދުން މަނާ ކުރާ ގަވާއިދެއް ހުށަހަޅައިފިއެވެ.

މިއާއެކު މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުރުގައި މިފަދަ ގަވާއިދެއް އެކުލަވާލީ ދެވަނަ ސްޓޭޓަށް ވެގެންދާނެއެވެ.

އުއްތަރު ޕްރަދޭޝްގެ އާބާދީގެ ޖުމްލަ އަދަދު 240 މިލިއަނަށް އަރާއިރު، އެ އެ ސްޓޭޓަކީ ވަކި ގައުމެއްގެ ގޮތުގައި ބަލާނަމަ ދުނިޔޭގެ އާބާދީ ބޮޑު ގައުމުތަކުގެ ލިސްޓުގެ ގަދަ ފަހެއްގައި އެސްޓޭޓް ހިމެނޭނެއެވެ.

މިގޮތުން އުއްތަރު ޕްރަދޭޝް ސްޓޭޓްގެ އާބާދީ ކޮންޓްރޯލް ކުރުމަށް ހުށައަޅާފައިވާ ގަވާއިދުގައި ދެދަރިންނަށް ވުރެގިނަ ދަރިން ތިބޭ ދެމަފިރިންނަށް ސަރުކާރުން ލިބިދޭ އެއްވެސް އެހީއެއް ނުލިބޭނެއެވެ. އަދި ސަރުކާރުގެ ވަޒީފާއެއްވެސް އެމީހުންނަށް ނުލިބޭނެކަމަށް މިގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިގަވާއިދު މިހާރު އޮތީ އާންމުންގެ ހިޔާލަށް ހުޅުވާލައިފައެވެ. މިގަވާއިދަށް އަމަލުކުރަން ފަށާނީ އުއްތަރު ޕްރަދޭޝް ސްޓޭޓުން މިގަވާއިދު ފާސްކުރުމުންނެވެ.

އިންޑިއާގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، ކަމާ ގުޅޭ މާހިރުން ވަނީ 2027 ވަނަ އަހަރާއި ހަމައިގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާ ފަހަތަށް ޖައްސާލާނެކަމަަށްވެސް ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން