މިއަދު މެންދުރު 2:30 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިއަދު މެންދުރު 2:30 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައްދޭން ނިންމާ މިއަދު މެންދުރު 2:30 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިވަގުތަށް ދޭނެ ލުއިތަކުގެ ތަފްސީލް ހާމަކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްގެ އިތުރުން ހެލްތު އިމަޖަންސީ އޮޕްރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިހާރަކަށް އައިސް ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ތިން ވަނަ ޑޯޒެއް ޖަހަންޖެހޭ ވާހަކަ އަކީ ޚަބަރުތަކުގެ ހެޑްލައިންތަކުގައި ވިދަމުން އަންނަ ވާހަކައެއް ކަމުން އިތުރަށް މިކަމުގެ ހަގީގަތް އޮޅުންފިލުވާލުމަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސްއޮންލައިން"ގެ ފަރާތުން މި ސުވާލު ކޮށްފައިވެއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ ވެކްސިންގެ ތިން ވަނަ ޑޯޒަކަށް ދާނީ ޕްރައިމަރީ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ވަކި މުއްދަތެއްގެ ތެރޭގައި ހަށިގަނޑުގެ އިމިއުނިޓީ ދަށްވާކަމަށް ފާހަގަވެއްޖެ ހާލަތެއްގައި އެކަނިކަމަށެވެ. އަދި ތިން ވަނަ ޑޯޒަކީ އިމިއުނިޓީ ބޫސްޓް ކޮށްދޭ ޑޯޒެއް ކަމަށް ޑރ. ނަޒުލާ ވިދާޅުވިއެވެ. ނަމަވެސް ވެކްސިން ޖަހަން ފެށިތާ އަދި އަހަރެއްވެސް ނުވާކަމަށާއި، މިހާރު ޖަހާ ދެޑޯޒަށްފަހު އިމިއުނިޓީ ދަށްނުވެ ދެމެހެއްޓޭނީ ކިހާ ދުވަހަކަށް ކަންވެސް އަދި ސާފު ނުވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ތިންވަނަ ޑޯޒް ޖެހުމާ ގުޅޭ ގޮތުން ވަކި ނިންމުމެއް ނިންމާފައި ނުވާކަމަށާއި އެފަދަ ނިންމުމެއް ނިންމޭނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް (ސޭޖް) އިން މިކަން އިތުރަށް ދިރާސާކޮށް ރެކޮމެންޑޭޝަން ދިނުމުން ކަމަށެވެ.

ދެ ދެބްރޭންޑަކުން ވެކްސިންގެ ދެ ޑޯޒް ދިނުމާ ބެހޭ ދިރާސާ ތަކެއްވެސް ޔޫރަޕްގައި މިހާރު ވަނީ ކޮށްފައެވެ. މިދިރާސާއިން އެނގުނު ގޮތުގައި ދެ ބްރޭންޑަކުން ކޯވިޑް ވެކްސިން ދެ ޑޯޒް ދިނުމުން ދިފާއީބާރު ނުވަތަ ވެކްސިނުން ކުރާ ފައިދާ އެތައް ތަނަކުން އިތުރުވެގެންދާ ކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ. އެހެންކަމުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެކްސިންގެ ދެ ޑޯޒް ދެބްރޭންޑުން މިހާރުވަނީ ދޭން ފަށާފައެވެ. ރާއްޖޭގައި މިފަދަ ގޮތަކަށް އަމަލުކުރުމަށް މަޝްވަރާ ކުރެވިފައި ވޭތޯ "ރަސްއޮންލައިން"ގެ ފަރާތުން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ މިކަމުގައި އަމަލުކުރާ އާއްމު އުސޫލަކީ އެއް ވައްތަރަކުން ނުވަތަ އެެއް ބްރޭންޑަކުން ދެ ޑޯޒް ފުރިހަމަ ކުރުން ކަމަށެވެ. އަދި ވަކި ޚާއްސަ ހާލަތެއް ދިމާވެގެން މެނުވީ މިގޮތައް ކަންތައް ނުކުރާނެކަމަށް ޑރ. ނަޒުލާ ވިދާޅުވިއެވެ. ޚާއްސަ ހާލަތެއްގެ ގޮތުގައި ބެލެވޭނީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ސިވިއަރ ރިއެކްޝަނެއް އަންނަމަ ދެވަނަ ޑޯޒުގެ ގޮތުގައި ތަފާތު ބްރޭންޑެއް ބޭނުން ކުރުމެވެ. މިއީވެސް ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އެނޫން އިތުރު ގޮތަކަށް ދެ ބްރޭންޑަކުން ވެކްސިންގެ ދެ ޑޯޒް ދިނުމަށް މަޝްވަރާ ނުކުރާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ކޯވިޑް ވެކްސިން ކެމްޕޭންގައި ރާއްޖޭގައި މިހާރު ތިން ވައްތަރެއްގެ ވެކްސިން ބޭނުން ކުރެއެވެ. އެއީ ކޮވިޝީލްޑްގެ އިތުރުން ފައިޒާ ވެކްސިނާއި ސިނޮފާމް ވެކްސިނާއި އެސްޓްރަޒެނެކާއެވެ. ކޮވިޑް ބަލިން ދިފާއީނިޒާމް ރައްކާތެރިކޮށްދިނުމަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން