އުތުރު ކޮރެއާގެ ރައީސް، ކިމް ޖޮން އުން، ބައްދަލުވުމެއްގެ ތެރެއިން - (ވ) މިއަހަރުގެ ފެބްރުއަރީމަހު، (ކ) މިހިނގާ ޖޫންމަހު.
އުތުރު ކޮރެއާގެ ރައީސް، ކިމް ޖޮން އުން، ބައްދަލުވުމެއްގެ ތެރެއިން - (ވ) މިއަހަރުގެ ފެބްރުއަރީމަހު، (ކ) މިހިނގާ ޖޫންމަހު.
އުތުރު ކޮރެއާގެ ރައީސް، ކިމް ޖޮން އުންގެ ބަރުދަން ލުއިކޮށް ހަށިގަނޑު ހިއްކާލުމާ ގުޅިގެން އެގައުމުގެ ރައްޔިތުން ހިތާމަފާޅުކުރަން ފަށައިފިކަމަށް އެގައުމުގެ ރަސްމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

މިގޮތުން ކުއްލިއަކަށް ބަރުދަން ލުއި ކޮށްލުމުން ރައީސް އާލާސްކަންފުޅާ އުޅުއްވާކަމަށް ދެކުނު ކޮރެއާގެ ގިނަ ރައްޔިތުން ފާހަގަކުރަމުންދާކަމަށްވެއެވެ.

ނަމަވެސް އުތުރު ކޮރެއާގައި މީގެ ކުރިން އާންމުންގެ މެދުގައި އެގައުމުގެ ރައީސްގެ ސިއްހަތާއި، ދިރިއުޅުއްވުމުގެ ކަންކަމާބެހޭގޮތުން މަޝްވަރާ ނުކުރާތީ ރައީސް ކިމް ޖޮން އުންގެ ހަށިގަނޑަށް ބަދަލެއް ގެނެސްފައިވަނީ މިފަދަ މަޝްވަރާތަކުން ސަމާލުކަން ހޯދުމުގެ ސްޓަންޓެއް ޖެއްސުމަށް ކަމަށް ބުނާ މީހުންވެސް މައްދެއް ނޫނެވެ. ހާއްސަގޮތެއްގައި މިފަދަ ސަމާލުކަމެއް ހޯދަން މަސައްކަތް ކުރަށްވަނީ ކޮވިޑުގެ ބަލިމަޑުކަމާއި، އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމްތަކާއި، ގުދުރަތީ ކާރިސާ ތަކުން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާމެދު އުތުރު ކޮރެއާގެ ރައީސަށް ކުރެވިދާނެ ތުހުމަތުތަކުން ރެކެވަޑައިގެންނެވުމަަށް ކަމަށް، ކަމާބެހޭ ބައެއް މާހިރުން ވަނީ ތުހުމަތު ކޮށްފައެވެ.

އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓު އަށް އިންޗި ހުންނަ ކިމް ޖޮން އުންގެ ކުރީގެ ބަރުދަނުގައި 140 ވަރަކަށް ކިލޯ ހުންނަކަމަށް އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިން ހާމަކޮށްފައިވެއެވެ. އަދި މިހާރުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ކިމް ޖޮން އުންގެ ބަރުދަނުން 10 ކިލޯއާއި 20 ވަރަކަށް ކިލޯ ދެމެދުގެ މިންވަރަކަށް ބަރުދަން ލުއިކޮށްލާފައިވާކަމަށް ލަފާ ކުރެވޭކަމުގައި އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިން ހާމަކޮށްފައިވެއެވެ.

ކިމް ޖޮން އުންގެ ހަށިކޮޅަށް މިފަދަ ބަދަލުތަކެއް ގެންނެވިކަން ހާއްސަކޮށް އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިން ރިޕޯޓުކުރަމުންދިއުމަކީ ކިމް ޖޮން އުން ވަރަށްކޮށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން ހާމަކޮށް އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް، އެމަނިކުފާނަށް އޮތް ލޯބި އިތުރުކުރަން ކުރައްވާ ކަމެއް ކަމަށްވެސް ދިރާސާކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ކޮތަރު

09-Jul-2021

ބަލާ ބެލުމަށް ފޮޓޯ ގައިއިންނެވި ހެން ހީވަނީ ޢުތުރު ކޮރެއާ ގެ ލީޑަރުގެ ހެންހީވަނީ


22

ފާޒް

30-Jun-2021

ޢަހަރުންނަށް އެނގޭ ގޮތުން ތީ އުތުރު ކޮރެޔާގެ ރައީސް



ޓްރެންޑިން