ބަންގްލަދޭޝްގައި ކޮވިޑަށް ޕޮޒިޓިވްވަމުންދާ މީހުން އިތުރުވެ، ހޯމަ ދުވަހުން ފެށިގެން އަލުން އެގައުމު ލޮކްޑައުން ކުރަން ނިންމައިފިއެވެ.

ބަންގްލަދޭޝްގައި ކޮވިޑަށް ޕޮޒިޓިވްވަމުންދާ މީހުން ގިނަވެފައިވަނީ އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑުގެ ޑެލްޓާ ވޭރިއަންޓާ ހެދިއެވެ. އަދި ލޮކްޑައުންފަދަ ހަރުކަށިފިޔަވަޅެއް އެޅުމަށް ނިންމާފައިވަނީ، އިންޑިއާގައި ޑެލްޓާ ވައިރަހާ އެއްކޮށް އައި ދެވަނަ ރާޅާއެކު ކުރިމަތިވިފަދަ ހާލަތަކަށް ދިއުމުން ބަންގްލަދޭޝް ރައްކާތެރި ކުރުމަށްކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

މިއާއެކު ލޮކްޑައުންއަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުން ނުކުމެ ބަންގްލަދޭޝްގެ މަގުތައް ފުރާލައި ތޮއްޖެހިފައި އޮތް މަންޒަރުތައް ދުނިޔޭގެ އެކި މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ބަންގްލަދޭޝް ހޯމަ ދުވަހުން ފެށިގެން 7 ދުވަހަށް ހަރުކަށި ފިޔަވަޅުތަކާއިއެކު ލޮކްޑައުން ކުރުމަށް ހަމަޖެހިފައިވާއިރު، ކުއްލި ހާލަތުގައި މެނުވީ މަގުމައްޗަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ އޮފީސްތައް ލޮކްޑައުންގެ މުއްދަތުގައި ބަންދު ކުރާނެ ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ލޮކްޑައުންގެ ހަރުކަށި އުސޫލުތައް ތަންފީޒުކުރުމަށް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާއިރު، ސިފައިން ނެރެންޖެހިއްޖެ ހާލަތެއްގައި ސިފައިންވެސް ނެރޭނެކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި ކޮވިޑް ކޭސްތައް ގިނަވެ މިދިޔަ އޭޕްރިލް މަހުވެސް އެގައުމު ލޮކްޑައުންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން