ފޮޓޯ: ނިޝާން އަލީ، މިހާރު / ރާއްޖޭގެ ރިސޯޓުތަކަށް ފަތުރުވެރިން އަންނނީ
ފޮޓޯ: ނިޝާން އަލީ، މިހާރު / ރާއްޖޭގެ ރިސޯޓުތަކަށް ފަތުރުވެރިން އަންނނީ
ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު މަދުކަމާއި، އެއަދަދު އެކެއް އިންސައްތައަށްވެސް ނާރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކައް ބަލާއިރު 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ޖޫން މަހުގެ 23 ގެ ނިޔަލަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ޖުމުލަ 0.24 އިންސައްތައެވެ. އަދި 2020 ވަނަ އަހަރު އައި ކޮވިޑްގެ ފުރަތަމަ ރާޅާއެކު ރާއްޖޭގެ ބޯޑަރ ފަތުރުވެރިންނަށް ބަންދުކުރުމަށް ފަހު ޖުލައި މަހުގެ 15 ގައި ހުޅުވާލާފައިވާއިރު، އެއަހުރުގެ ޖުލައި 15 އިން ޑިސްމްބަރ 31 ގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 0.19 އިންސައްތަ ކަމަށްވެސް މި ތަފާސް ހިސާބު ތަކުން ދައްކައެވެ.

ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލަކަށް ވާއިރު، މި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަކީ ފަތުރުވެރިންނަށް ވީހާވެސް ރައްކާތެރި މަންޒިލަކަށް ހެދުމަށް ސަރުކާރުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިކަމުގެ ފޮނި ނަތީޖާއެއްގެ ގޮތުން ރާއްޖެއާ ދޭތެރޭގައި ފަތުރުވެރިންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމާއެކު ކޮވިޑްގެ ހާކަތުގައިވެސް މިކަމުގެ ސަބަބުން ފަތުރުވެރިކަމު ސިނާއަތުގައި ރާއްޖެ ދަނީ ފިޔަޖަހަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ރާއްޖެ ހޯދާފައިވާއިރު، ރާއްޖެއަކީ ކޯވިޑްގެ ހާލަތުގައިވެސް ފަތުރުވެރިންގެ ނަޒަރުގައި މަޤުބޫލު އިތުބާރުއޮތް މަންޒިލަކަށް ވަނީ ވެފައެވެ.

މިގޮތުން ރާއްޖޭގެ އެއަރޕޯޓުތަކާއި، ގެސްޓްހައުސް ތަކާއި، ރިސޯޓްތަކާއި ސަފާރީތަކަކީ ފަތުރުވެރިންނަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ހެދުމަށް ސަރުކާރުން ވަނީ ހާއްސް ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑް-19ގެ ވެކްސިނޭޝަން ޕްރޮގްރާމާއެކު، ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެ ސިނާއަތުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަނީ ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ވެސް ފަށާފައެވެ. އެގޮތުން އެ ސިނާއަތުގައި މަސައްކަތް ކުރާ 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. މީގެ އިތުރުން ވެކްސިންގެ ދެ ޑޯޒް 70 އިންސައްތަ މުވައްޒަފުން ފުރިހަމަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވިޒާރާއިން ހާމަކުރެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމަކީ ކޯވިޑްގެ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ހެދުމަށެވެ. މާލަސްތަކެއް ނުވެ އެއަމާޒަށް ވާސިލުވެވޭނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން