އިންޑިއާއިން ކޮވިޑުގެ އާވޭރިއަންޓެއް ފެނިއްޖެކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާބެހޭގޮތުން ނެރެފައިވާ ބަޔާނެއްްގައި އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިންޑިއާގެ ގިނަ ސަރަހައްދުތަކަކުން ކޮވިޑުގެ އާވޭރިއަންޓް އޭ ވައި 1 ފެނިފައިވާކަމަށެވެ. މިއާއެކު އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޮވިޑު ޓެސްޓުކުރުން އިތުރުކުރުމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ކޮވިޑް ވޭރިއަންޓާ އެއްފަދައިން މިވޭރިއަންޓަކީވެސް ހަލުވިކަމާއެކު ފެތުރެމުންދާ ވޭރިއަންޓެއްކަމުން، މިއާވޭރިއަންޓަށް ޑެލްޓާ ޕްލަސްގެ ނަމުން އިންޑިއާގައި ވަނީ ނަންދެވިފައެވެ.

ޑެލްޓާ ކޮވިޑް ވޭރިއަންޓާ އެއްފަދައިން ހަލުވިކަމާއެކު ފެތުރެމުންދިއުމުގެ އިތުރުން، ޑެލްޓާ ޕްލަސް ވޭރިއަންޓްގެ ސަބަބުން ފުއްޕާމެއަށް މިވައިރަހުގެ އަސަރު ކުރާމިންވަރު އިތުރުވުމާއި، ހަށިގަނޑުން އެންޓިބޮޑީއަށް ދޭ ރެސްޕޮންސް ދަށްކޮށްދޭކަމަށްވެއެވެ.

އަދި ޑެލްޓާ ޕްލަސް ވޭރިއަންޓަކީ ކޮވިޑް ޑެލްޓާ ވޭރިއަންޓް މިއުޓޭޝަނެއްކަމަށްވެސް އިންޑިއާގެ ސިއްހީ ވުޒާރަތަކުން ހާމަކޮަށްފައިވެއެވެ.

އިންޑިއާގައި ފެތުރިގެން ދިޔަ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑު ބަލީގެ ދެވަނަ ރާޅެއް އެގައުމަށް އަރާފައިވުމާއިއެކު، މިބަލީގެ ތިންވަނަ ރާޅަކަށް ދިއުމުގެ އަސްލަކަށް ޑެލްޓާ ޕްލަސް ވެދާނެކަމަށް އިންޑިއާގެ ސިއްހީ މާހިރުން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން