މާލޭގައި މީހުން ދިރިއުޅޭ ގެއެއްގައި ޖަންގްޝަން ބަހައްޓަން ހުއްދަ އަށް އެދެންޖެހޭނީ އެމްޑަބްލިއެސްސީ އިން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މ. ސްޓާލައިޓް ގޭގެ ޖަންގްޝަން ބަހައްޓަން ހުއްދައަށް އެދި މީގެ ތިން މަސް ކުރިން ވަނީ ހުށައަޅާފައެވެ. ރަސް އޮންލައިން އަށް މައުލޫމާތު ދެމުން މ. ސްޓާލައިޓްގެ ވެރިފަރާތް ކަމަށްވާ އާދަމް އިބްރާހިމް ބުނީ އެގޭގައި ޖަންގްޝަން ބަހައްޓަން ހުއްދަ އަށް އެދި އެމްޑަބްލިއުއެސްސީ އަށް ހުށައަޅާފައިވާ ކަމަށާއި، ޖަންގްޝަން ބެހެއްޓޭނީ ސިޓީ ކައުންސިލުން ހުއްދަ ލިބުމުން ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރަސްއޮންލައިން އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަަވަމުން މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް، ވިދާޅުވީ، ސްޓާލައިޓްގެ ވެރިފަރާތުން ޖަންގްޝަން ބެހެއްޓުމުގެ ހުއްދައަށް އެދި އެމްޑަބްލިއުއެސްސީއަށް ހުށައަޅާފައިވާ ކަމަށެވެ. މިހާރު އުސޫލު އޮންނަގޮތުން ޖަންގްޝަން ބެހެއްޓުމުގެ ހުއްދައަށް އެދި އަމިއްލަ ފަރާތަކަށް ސިޓީކައުންސިލަށް ހުށަނޭޅޭނެ ކަމަށާއި، އެ ހުއްދައަށް އެދެންޖެހޭނީ އެމްޑަބްލިއުއެސްސީ އިން ކަމަށް ނަރީޝް ވިދާޅުވިއެވެ.

"އެމްޑަބްލިއު އެސްސީއަށް ޖަންގްޝަން ބެހެއްޓުމުގެ ހުއްދައަށް ގޭގެ ވެރިފަރާތުން އެދިފައިވަނީ މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު، އެ ކުންފުންޏަކުން ސިޓީކައުންސިލަކަށް ހުއްދަ އަށް އެދި އަދި އެއް ހުށައެއް ނާޅާ، އެމްޑަބްލިއުއެސްސީ ނޭދޭހާ ހިދަކު ސިޓީ ކައުންސިލުން ހުއްދައެއް ނުދޭނެ ޖަންގްޝަން ބަހައްޓާކަށް." ނަރީޝް ވިދާޅުވިއެެވެ.

މީގެ އިތުރުން ނަރީޝް ވިދާޅުވީ، އެމްޑަބްލިއުއެސްސީ ޖަންގްޝަން ބަހައްޓަން ހުއްދައަށް ނޭދޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ހުއްދައަށް ނޭދޭކަން އެކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. މިމައްސަލަ އާއި ގުޅިގެން އެމްޑަބްލިއު އެސްސީގެ ބަހެއް އަދި ނުލިބެއެެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޭައަލީ

22-Jun-2021

ތިވަރު ތަންކޮޅެއް ބޮޑު އެކަމަކު. ރައްޔިތުންނަށް ފަސޭހަކޮށް ކަންތައް ކޮށްދޭން ވައުދުވެފަ ވޯޓްލިބުމުން ބަތާހަރާމީ ވުމަކީ ގޯސް ކަމެއް . ސަރުކާރުގެ ދެތަނެއްްގެ ނުކުޅެދުންތެރިކަމުގެ ދަންތުރާގައި ޖެހި ގެވެރިމީހާ އާއި އާއިލާއަށް ހުރިހާ ދެރައެއް މިލިބެނީ . ޢިހުއްސުރެ އޮތްގޮތް މާރަގަޅު ކަމަށް ފެންނަނީ.



ޓްރެންޑިން