ދިވެހި ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް މަހަކު 15,000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމީ މާތް މަޤުޞަދެއްގައި ކަމަށް ވެދާނެއެވެ. ބަފައިންގެ އަތުން ޚަރަދު އަތުލި ނަމަވެސް ބަފައިން ދޭ ޚަރަދުން އެކަނިވެރި މައިންނަށް ދަރިން ނުބެލޭ ވަހަކައަކީ އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ކޮންމެއަކަސް މި ނިންމުމަކީ ގިނަ ބަޔަކު އުފާކުރި ނިންމުމެއް ކަމުގައިވީ ނަމަވެސް، މީގެ ސަބަބުން ރާއްޖޭގައި ވަރީގެ ރޭޓް އިތުރުވެދާނެކަމުގެ ބިރު ވަރަށް ބޮޑުކަމަށްބުނެ ބައެއް ފިރިހެންވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް، މި އިނާޔަތް ލިބެނީ ވަޒީފާއަށް ނުދާ އެކަނިވެރި މައިންނަށް ކަމަށްވާތީ، މިއީ ގެވެށި ދިރިއުޅުމަށް ކިހާ މިންވަރަކަށް އަސަރުކުރާނެ ކަމެއްތޯ ބަލައިލުން މުހިންމެވެ.
ކުރިއާއި މިހާރު
އެންސްޕާގެ ގަވާއިދަށް ގެނެވުނު ބަދަލާއެކު، އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އިނާޔަތުގެ އޮނިގަނޑު ވަނީ އަންނަނިވި ގޮތަށް ބަދަލުކުރެވިފައެވެ.
މިހާރުގެ އޮނިގަނޑު:
- ހަތަރު ދަރިންނާ ހަމައަށް ދަރިއަކަށް މަހަކު 3,000 ރުފިޔާ
- އެއަށްވުރެ އިތުރުވާ ދަރިއަކަށް މަހަކު 1,000 ރުފިޔާ
- އެންމެ މަތިން ދެވޭނެ އަދަދަކީ މަހަކު 15,000 ރުފިޔާ
ކުރީގެ އޮނިގަނޑު:
- އެއް ދަރިއަކު ނަމަ މަހަކު 2,000 ރުފިޔާ
- އިތުރުވާ ކޮންމެ ދަރިއަކަށް 1,000 ރުފިޔާ
- ދެވޭނެ އެންމެ މަތީ އަދަދަކީ 10,000 ރުފިޔާ
މި ބަދަލާއެކު، އެއް ދަރިއަކު ހުރި އެކަނިވެރި މަޔަކަށް ކުރިން ލިބެމުންދިޔަ 2,000 ރުފިޔާގެ ބަދަލުގައި 3,000 ރުފިޔާ ދެން ލިބޭނެއެވެ. އަދި ހަތަރު ދަރިން ތިބި އެކަނިވެރި މަޔަކަށް 12,000 ރުފިޔާ ލިބޭނެއެވެ. މިއީ ކުރިން ލިބެމުންދިޔަ 5,000 ރުފިޔާއާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.
އިނާޔަތުގެ ސަބަބުން ވަރީގެ ރޭޓް އިތުރުވެދާނެބާ؟
މި ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި އިނާޔަތް ވަޒީފާއަށް ނުދާ އެކަނިވެރި މައިންނަށް ލިބޭގޮތަށް ހަމަޖެހިފައިވާތީ، މިއީ ކައިވެނީގެ ގުޅުން ނިމުމަކަށް ގެނައުމަށް ހިތްވަރުދޭ ކަމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް:
1. ވަޒީފާއަށް ނުދިޔުމަށް ހިތްވަރުދިނުން: މި އިނާޔަތް ލިބެނީ ވަޒީފާއަށް ނުދާ މައިންނަށް ކަމަށްވާތީ، ވަޒީފާ އަދާކުރާ މައިން ވަޒީފާ ދޫކޮށްލުމަށް ހިތްވަރުދޭ ކަމެއްގެ ގޮތުގައި މިކަން ފާހަގަކުރެވެއެވެ.
2. ވަރިވުމަށް މާލީ ހިތްވަރު: މަހަކު 15,000 ރުފިޔާގެ އިނާޔަތަކީ ބައެއް ޢާއިލާތަކުގެ އާމްދަނީއަށްވުރެ ބޮޑު އަދަދެއް ކަމަށްވާތީ، ބައެއް ޢާއިލާތަކުގައި ވަރިވުމަށްފަހު މާލީގޮތުން ފައިދާވާނެ ކަމަށް ދެކިގެން ވަރިވުމަށް ނިންމަފާނެކަމުގެ ބިރު އެބައޮތެވެ.
3. ދަރިން ބޮޑުކުރުމުގެ ޒިންމާ ނެގުން: ފިރިހެނުން ޢާއިލާގެ ޒިންމާއިން ދުރުވެ، ދަރިން ބޮޑުކުރުމުގެ ޒިންމާ އެކަނި އަންހެނުންނަށް ދޫކޮށްލުމަށް މިކަން މަގުފަހިކުރާނެކަމަށް ބެލެވެއެވެ.
މުޖުތަމަޢުގެ ކަންބޮޑުވުންތައް
މުޖުތަމަޢުގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވާ ކަމަކީ، މި އިނާޔަތް ލިބުމަށްޓަކައި ޢާއިލާތައް ރޫޅުމަށް މަގުފަހިވެގެން ދިޔުމެވެ. ޚާއްޞަކޮށް އާމްދަނީ ކުޑަ ޢާއިލާތަކުގައި، ފިރިމީހާގެ އާމްދަނީއަށްވުރެ މި އިނާޔަތް ބޮޑުވެއްޖެނަމަ، ޢާއިލާ ދެމެހެއްޓުމަށްވުރެ ވަރިވުން ފައިދާހުރި ކަމަކަށް ވެގެންދާނެކަމުގެ ބިރު އެބައޮތެވެ.
އިޖްތިމާޢީ ދިރާސާތަކުން ދައްކާގޮތުގައި، ޢާއިލާގެ ދެމެހެއްޓެނިވިކަމަށް އެންމެ މުހިންމީ މާލީ ހަރުދަނާކަމެވެ. ނަމަވެސް، މި އިނާޔަތް ލިބުމަށްޓަކައި ވަރިވުމަކީ މާލީގޮތުން ފައިދާހުރި ކަމަކަށް ވެއްޖެނަމަ، މިއީ ޢާއިލާތައް ރޫޅުމަށް ދައުލަތުން ދޭ ހިތްވަރެއްގެ ގޮތުގައި ބެލެވިދާނެއެވެ.
އިޖުތިމާޢީ ނުބައި މައްސަލަތައް އުފެދުން
ބައެއް ފަހަރު އާއިލާ ރޫޅުމަކީ ނުވަތަ އަންހެން މީހާ ހުސްހަށިބައި ކަމުގައި ގިނަ ދުވަހު ހުރުމަކީ އިޖުތިމާޢީ ނުބައި ބަލިމަޑުކަމެއް އުފެދުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ކައިވެނީގެ ބޭރުން ގުޅުންތައް ހިންގުމަށް ހިތްވަރު ލިބޭނެ ކަމެކެވެ. ދިރާސަމާތަކުން ދައްކާ ގޮތުގައި ކައިވެނި ނުކޮށް ހުސްހަށިބައިކަންމަތީ ގިބަ ދުވަހު ތިބުމަކީ ކައިވެނީގެ ބޭރުން ގުޅުންހިންގުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަމެކެވެ. އިސްލާމް ދީނުގައި އަންހެނުން އަވަހަށް ކައިވެނި ކުރުމަށް ތަރުހީބު ދޭ އެންމެ މުހިންމު އެއް ސަބަބަކީވެސް މިއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް 15,000 ރުފިޔާއަށް އިތުރުކުރުމަކީ އެ ފަރާތްތަކަށް ލިބޭ ބޮޑު ލުޔެއް ކަމުގައިވީ ނަމަވެސް، މި ނިޒާމުގެ ސަބަބުން ޢާއިލާތައް ރޫޅުމަށް މަގުފަހިވެގެން ދިޔުމުގެ ބިރު އެބައޮތެވެ. ދައުލަތުން މިފަދަ އިނާޔަތްތައް ކަނޑައެޅުމުގައި، ޢާއިލާ ބިންގާ ވަރުގަދަކުރުމަށް އިސްކަންދޭ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުން މުހިންމެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް އެހީތެރިވުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައިވީ ނަމަވެސް، އެކަން ކުރަންވާނީ ޢާއިލާގެ ބިންގާ ހަރުދަނާކުރުމަށް ބާރުއަޅާ ގޮތަށެވެ. މިފަދަ އިނާޔަތްތައް ދިނުމުގައި ދައުލަތުން ވިސްނަންވާނީ ހަމައެކަނި އިނާޔަތުގެ އަދަދު ބޮޑުކުރުމަށް ނޫނެވެ. އޭގެ ބަދަލުގައި، އިނާޔަތް ދިނުމުގެ އުސޫލުތައް ބައްޓަންކުރަންވާނީ ޢާއިލާތައް ދެމެހެއްޓުމަށް ހިތްވަރުދޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު