ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެމީހަކު ނިޔާވެ، ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 205 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފައިވަނީ ފުރަތަމަ މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 1:30 ގައި ކަމަށެވެ. އެއީ އުމުރުން 55 އަހަރުގެ އިންޑިއާ ފިރިހެނަކަމާއި، އޭނަ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި 204 ވަނަ މީހާއެވެ.

މިއަދު ފަތިހު 5:19 ހާއިރު މިބަލީގައި އިތުރު މީހަކު ނިޔާވެފައިވާއިރު، އެއީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާވެސް ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 205 ވަނަ މީހާއެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން 71000 އަށްވުރެ ގިނަމީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5000 އިން މަތީގައެވެ. މީގެތެރެއިން ގާތްގަނޑަކަށް 50 މީހުންނަކީ ހައިރިސްކް ކަމަށް ބެލެވޭ، ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ބައްޔައް ފަރުވާ ހޯދަމުން އަންނަ މީހުންކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން