އިންޑިއާގެ އަސާމް ސްޓޭޓްގައި ކުޑަދެކުދިން ގަހެއްގައި ދަންޖައްސައިފައި ހުއްޓާ ފެނިއްޖެއެވެ.

މިހާދިސާ ތަހުގީގު ކުރަމުންދާ އިންޑިއާގެ ފުލުހުން ބުނަނީ އެކުދިން ރޭޕްކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އަދި މަރާލައިފައިވަނީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެއަންހެންކުދިންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މިހާދިސާއާއި ގުޅިގެން 07 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެއެވެ. އަދި މީގެ ތެރެއިން 4 މީހުންނަކީ، މިހާދިސާގައި ހެކި ގެއްލުވާލަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ މީހުންކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ. އަނެއް ތިން މީހުން ހައްޔަރުކުރެވިފައިވަނީ މިދެކުދިން ރޭޕްކޮށް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައިކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

މިދެކުދިންނަކީ އެއްއާއިލާއަކަށް ނިސްބަތްވާ ދެކުދިންނެވެ.

އިންޑިއާގައި އަންހެނުންނާ އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ރޭޕް ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިފަދަ ހާދިސާތަކުގައި ކުޑަކުދިން ޝިކާރައަކަށް ވަމުންދާ މިންވަރުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 10 އަހަރު ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެކި ހާދިސާތައް ރިޕޯޓުކުރެވުނު މިންވަރު 500 އިންސައްތަ އިތުރުވެފައިވާކަމަށް އިންޑިއާގައި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން