ޑެލްޓާ ވޭރިއަންޓް ނުވަތަ އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑް ވޭރިއަންޓް (1.617.2 B) ޖެހޭ މީހުންގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭ މިންވަރު އިތުރުވާކަމަށް އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑުގެ ޓީމަކުން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.

ދަ ލެންސެޓްގައި ޝާއިރުކޮށްފައިވާ މިދިރާސާއިން ބުނާގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިން ތަކުގެ ތެރެއިން އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު، އިންޑިއާ އިން ފުރަތަމަ ފެނުނު ވޭރިއަންޓުން ރައްކާތެރިވެވޭ މިންވަރު ދަށެވެ. ނަމަވެސް ވެކްސިނުގެ ދެޑޯޒު ފުރިހަމަކޮށްފިނަމަ އަދިވެސް މިވޭރިއަންޓުން ރައްކާތެރިވާ މިންވަރު ރަނގަޅު މިންވަރެއްގައި ދެމެެއްހެއްޓޭނެކަމަށްވެއެވެ.

މީގެއިތުރުން، އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނަށްވުރެއް ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނުން، މިވޭރިއަންޓުން ރައްކާތެރިވާ މިންވަރު އިތުރުކަމަށްްވެސް މިދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ތަހުލީލުތަކުން ދައްކާގޮތުގައި، ފައިޒަރ ކޮވިޑް ވެކްސިނުގެ ދެޑޯޒުން، މިވޭރިއަންޓުން ރައްކާތެރިވާ މިންވަރު 79 އިންސައްތައިގައިވާއިރު، އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނުން 60 އިންސައް ރައްކާތެރިކަން ލިބޭކަމަށްވެއެވެ.

އަދި އެކި ވެކްސިންތަކުން ލިބޭ ރައްކާތެރިކަމުގެ މިންވަރު ތަފާުތު ކަމަށް ފާހަގަވެފައިވީނަމަވެސް މުހިންމީ ވެކްސިނުގެ ދެޑޯޒު ފުރިހަމަކުރުން ކަމުގައި މިދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޑެލްޓާ ވޭރިއަންޓް ނުވަތަ އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑް ވޭރިއަންޓް އިނގިރޭސިވިލާތުގައި ހަލުވިކަމާމެދު މިހާރު ފެތުރެމުންދިއުމާއެކު ވެކްސިން ދިނުމުގެ ކަންކަމަށް އެގައުމުން ވަަނީ އިސްކަމެއް ދީފައެވެ. އަދި ކޮވިޑުން ރައްކާތެރިވުމަަށް އެޅިފައިވާ ހަރުކަށިފިޔަވަޅުތަކަށް ލުއިދިނުންވެސް ވަނީ މަޑުޖައްސާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން