އިންޑިއާގައި ފިރިހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފުލުހުން މިހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ފިރިހެނަކު ރޭޕްކޮށް، ވީޑިއޯކޮށް، ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައެެވެ.

ފުލުހުން ބުނާގޮތުގައި، އެފިރިހެންމީހާ ރޭޕް ކުރުމުގެ ކުރިން، އޮންލައިން އެޕެއް މެދުވެރިކޮށް ގޯތަމް ނަމަކަށް ކިޔުނު މީހަކާ ވަނީ ގުޅުންބަދަހިކޮށް ވާހަކަ ދައްކާ ހަދާފައެވެ. އެގޮތަށް ވާހަކަ ދައްކައި، ބައްދަލުވުމަށް އެއްބަސްވެ ބައްދަލު ކުރަން ދިޔައިރު ގޯތަމްގެ އިތުރުން ތިންމީހަކު ތިބިކަމަށާއި، ދެން އޭނާ ރަހީނުކޮށް ގެންގޮސް އަނިޔާކޮަށް، ރޭޕް ކުރީކަމަށް ފުލުހުންގެ ތަހުގީގުން ހާމަވާކަމަށްވެއެވެ. އަދި ރޭޕް ކުރުމަަށްފަހު، ވީޑިޔޯ ކޮށް، އެވީޑިޔޯ ލީކުކޮށްލާނެކަމަށް ބުނެ ބިރުދައްކައި ދެލައްކަ ރުޕީސް ހޯދުމަށް މަސައްކަތްކުރިކަމަށްވެސް ވެއެވެ.

މިހާދިސާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އެއްއާއިލާއަކަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އަދި މިމީހުންގެ ފޯނުތައް ބަލާ ޗެކްކުރުމުން، ރޭޕް ކޮށްފައިވާ ކަމަށް ޝައްކުކުރެވޭ އެތައް ވީޑިއޯއެއް ފެނިފައިވާކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

އިންޑިއާގައި، މީހުން ރަހީނު ކުރުމާއި، ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ހާދިސާގެ ހަބަރުތަކަކީ ކޮންމެ ދުވަހަކުވެސް އެންމެ ގިނައިން އިވޭ އަޑުތަކެވެ. މިފަދަ ހާދިސާތަކުގެ ޝިކާރައަކަށް ގިނަ އަންހެންކުދިން ވެގެންދާއިރު، ފިރިހެން ކުދިންވެސް މިފަދަ ހާދިސާ ތަކުގެ ޝިކާރައަކަށް ވެގެންދާލެއް މަދެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ހިސަން

13-Jun-2021

ދިވެހި ރާއްޖޭގެ ނޫސްވެރިން ހިތާމަ އެބަކުރޭ މިފަދަ ވާހަކަ ލިޔެލަން ލިބޭފުރުސަތު މަދުކަން... ގައުމުން ބޭރުންވެސް މިފަދަމުހިއްމު ވާހަކަ ގެނެސް ދެއްވާތީ...،!



ޓްރެންޑިން