އެތައް ބައެއްގެ ޒާތީ މައުލޫމާތު ވިއްކަމުންދާ ގުރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިރޭ ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަަން ފަށާފައިވާ ކަމަށެވެ.
މަބުރޫކް ވިދާޅުވީ ކުރިއަށް ހުރި ވަގުތުތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ދިވެހި އަންހެނުންގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ސޯޝަލް މީޑީއާގެ އެކި އެކައުންޓްތަކުގެ މައުލޫމާތު، އެ ގުރޫޕުން ދަނީ ވިއްކަމުންނެވެ. 500އަށް ވުރެ ގިނަ މީހުން ތިބި އެ ޓެލެގްރާމް ޕޭޖް ހިންގާ މީހާގެ މައުލޫމާތުވެސް ބައެއް ފަރާތްތަކުން މިއަދު ވަނީ ހާމަކޮށްފައެވެ.

އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށްވެސް އެކަން މީގެކުރިން ވަނީ ގެނެސްފައެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު