އެމްބިއުލާންސެއް
އެމްބިއުލާންސެއް
ރާއްޖޭގައި އިމަރޖެންސީ މެޑިކަލް ސާވިސް އުފައްދައިފި އެވެ.


ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީތެރި ކަމާއެކު ރާއްޖޭގައި މިހާރު އިމަރޖެންސީ މެޑިކަލް ސާވިސް އުފައްދާފައިވާ ކަމަށެވެ. މިއަދު ތައާރަފް ކުރި މި ޚިދުމަތަށް ގުޅޭނެ ނަންބަރަކީ 100 އެވެ.

އެޗްއީއޯސީން ބުނީ މި ވަގުތު އިމަރޖެންސީ މެޑިކަލް ސާވިސްއިން ހިދުމަތް ލިބޭނީ ގުރޭޓަރ މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ ބަލިމީހުންގެ ތެރެއިން ކުއްލި ޙާލަތުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

އަދި މިވަގުތުން ފެށިގެން އެ ޚިދުމަތުގެ ބޭނުން ކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު