ޑަބްލިޔުއެޗްއޯގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
ޑަބްލިޔުއެޗްއޯގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
2019 ވަނަ އަހަރު ފެތުރެންފެށި ކޮރޯނާވައިރަސް ފުރަތަމަ ފެތުރިގެން ދިޔަ ހަގީގަތް ދެނެގަތުމުގެ މަސައްކަތުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން، ޑަބްލިޔުއެޗްއޯއިން ވަނީ ސިޔާސީ ނުފޫޒު ނުފޯރުވާ، ސައިންސްވެރިންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.

"އަހަރެމެން އެދެނީ ސައިންސްވެރިންގެ މަސައްކަތުގެ ތެރެއަށް ސިޔާސީ އެއްވެސް ކަމެއް ނުވެއްދުމަށް. އަދި ހަގީގަތް ހޯދުމަށް ފުރުސަތު ދިނުމަށް." ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ އެގްޒެކިއުޓިވް ޑިރެކްޓަރ، މައިކަލް ރަޔަން ވިދާޅުވެފައިވެއެވެ.

ރަޔަންގެ ވާހަކައިގައި ކޮރޯނާވައިރަސް ފުރަތަމަ ފެތުރިގެން ދިޔުމުގެ ހަގީގަތް ދެނެގަތުމުގައި ކުރެވޭ މަސައްކަތުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

މިމައްސަކަތުގެ ދަށުން ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ޓީމެއްް ވަނީ މިއަހަރުގެ ޖެނުއަރީ މަހު ޗައިނާގެ ވޫހާން ސިޓީއަށް ދަތުރުކޮށްފައެވެ. ނަމަވެސް މިޓީމުން ކުރި ދިރާސާތަކަށް ބިނާކޮށް މާރޗް މަހު އާންމުކުރެވުނު ރިޕޯޓުން، ކޮރޯނާ ވައިރަސް ފެތުރުމާބެހޭގޮތުން ޔަގީންކަން ބޮޑު ހަގީގަތްތަކެއް ފާހަގަކޮށްފައެއްނުވެއެވެ. މިރިޕޯޓުގައި ހާމަކޮށްފައިވާގޮތުންނަމަ، ވާލުން އިންސާނުންނަށް ކޮރޯނާވައިރަސް ފެތުރިގެން ހިނގައިދާނެއެވެ. އަދި ކޮރޯނާވައިރަހަކީ ލެބޯރެޓަރީއަކުން ލީކުވި ވައިރަހެއްކަމަކަށް ނުބެލެވެއެވެ.

މިރިޕޯޓު އާންމުކުރުމާއެކު، އެތައްބައެއްގެ ފާޑުކިޔުން ޑަބްލިޔުއެޗްއޯއަށް އަމާޒުވެގެންދިޔައެވެ. އަދި ދެފުއްފެންނަ ތަހުގީގެއް ކުރެވިފައި ނުވާކަމުގެ ތުހުމަތުތައް ކުރެވެންފެށިއެވެ. ނަމަވެސް މިރިޕޯޓަކީ އަދި ފައިނަލް ރިޕޯޓެއް ނޫން ކަމަށާއި، އިތުރު ތަހުގީގުތައް ކުރެވެމުންދާކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން