ދަތުރުކުރަމުންދިޔަ އެއަރއިންޑިއާގެ ފްލައިޓެއްގެ ތެރެއިން ވާލެއް ފެނުމާއިއެކު ފްލައިޓު އަނބުރާ ޖައްސައިފިއެވެ.

މިފްލައިޓު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ދިއްލީން އެމެރިކާގެ ނޫވއާކް ސިޓީއަށެވެ. އިންޑިއާ ގަޑިން ރޭ މެންދަމު 2:20 ގައި އިންޑިއާގެ ދިއްލީއިން ފުރި މިފްލައިޓު އަލުން އަނބުރާ އިންޑިއާއަށް ޖެއްސީ ފްލައިޓުގެ ކްރޫއަކަށް ފްލައިޓު ތެރެއިން ވާލެއް ފެނުމާއިއެކުއެވެ.

ފްލައިޓު ޖެއްސުމަށްފަހު، ފްލައިޓު ތެރެ ފިއުމިގޭޓްކޮށްފައިވެއެވެ. ފްލައިޓުގެ ބިޒްނަޒް ކްލާހުގެ ގޮނޑިމަތީގައި މަރުވެފައި އޮތް މި ވާ ނަގައި ބޭރުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އަދި މިފްލައިޓު ގްރައުންޑްކޮށް މިވާ ފްލައިޓަށް އެތެރެވިގޮތާ ބެހޭގޮތުން މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ. މިފްލައިޓު ގްރައުންޑް ކުރެވިފައިވާއިރު، މިފްލައިޓުން އިންޑިއާގެ ދިއްލީ އިން އެމެރިކާގެ ނޫވއާކްއަށް ދަތުުރުކުރަމުން ދިޔަ ފަސިންޖަރުން ވަނީ އެއަރއިންޑިއާގެ އެހެން ފްލައިޓެއްގައި ފުރުވާލާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން