ކަޅާހުދުން ފަރުމާކޮށްފައި ހުންނަ ފަލަސްތީނުގެ ރައްޔިތުން ބޮލުގައި ނުވަތަ ކޮނޑުމަތީގައި އަޅާ ސްކާފް، ކެފިއްޔެ އަކީ ޓެރަރިސްޓުން ބޭނުންކުރާ އެއްޗެއްކަމަށް ގޫގްލުން ހަދައިފިއެވެ.

މިގޮތުން ޓެރަރިސްޓުން އަަޅަނީ ކޮންކަހަލަ ސްކާފްއެއްތޯ ގޫގްލްގައި ސަރޗްކޮށްލުމުން، އެންމެ އިސްކޮށް ދައްކަނީ ކަޅާހުދުން ފަރުމާކޮށްފައި ހުންނަ ފަލަސްތީނުގެ ރައްޔިތުން ބޮލުގައި ނުވަތަ ކޮނޑުމަތީގައި އަޅާ ސްކާފް، ކެފިއްޔެ އެވެ. މިއާއެކު މީސްމީޑިއާގެ އެތައްބަޔަކު ވަނީ ގޫގްލްއަށް ފާޑުކިޔާފައެވެ.

ކެފިއްޔެ އަކީ ފަލަސްތީން ރަމްޒުކޮށްދޭ ނިޝާނެކެވެ. ކެފިއްޔެ އާންމުކޮަަށް މަޝްހޫރު ވެގެން ދިއައީ 1960 ގެ އަހަރު ތަކުގައި އޭރުގެ ފަލަސްތީނުގެ ލީޑަރ ޔާސިރު އަރަފާތުގެ ފަރާތްޕުޅުންނެވެ.

އަދި މިހާރު، ފަލަސްތީނާއެކު ތިބިކަން ދައްކުވައިދިނުމުގެ ގޮތުން ކެފިއްޔެ ބޭނުންކުރާމީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަދެއްނޫނެވެ.

ކަން މިހެން އޮތްއިރު، މިއީ ގޫގްލްއިން ފަލަސްތީނާ ދެކޮަޅަަށް ކަމެއް ކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކުރެވެއެވެ. ގޫގްލް މެޕްސްގައި އަދިވެސް ފަަލަސްތީނަކީ ދުނިޔޭގައި ނެތްގައުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން