ދުވަސްތަކަކަށްފަހު އަނެއްކާވެސް ކޮވިޑް ޖެހޭ މިންވަރު ދުނިޔޭގެ ނިސްބަތުން މަދުވަމުން އަންނަ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު 14 އިންސައްތައިން ދަށަށްދިއައިރު، މިބަލީގައި މަރުވާ މީހުންގެ އަދަދު ދޭއް އިންސައްތަ ދަށަށްގޮސްފައިވާކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، މިހާރު ބަލިފެތުރޭ މިންވަރު އެންމެ ބޮޑަށް ދަށްކުރެވިފައިވަނީ ޔޫރަޕު ސަރަހައްދުގައި ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. ޔޫރަޕު ސަރަހައްދުގައި މިބަލި ޖެހޭ މީހުންގެ އަދަދާއި މިބަލީގައި މަރުވާ މީހުންގެ އަދަދު ދަށްކުރެވިފައިވާއިރު، ދެން މިލިސްޓުގެ ކުރީގައި ހިމެނެނީ ދެކުނު-އުތުރު އޭޝިޔާ ބައްރެވެ.

"ދުނިޔޭގެ ނިސްބަތުން ކޮވިޑް ޖެހޭ މީހުންނާއި މިބަލީގައި މަރުވާ މީހުން މަދުވެފައި ވީނަމަވެސް، ވަކި ވަކި ގައުމުތަކުގައި ކޮވިޑް ޖެހޭ މީހުންނާއި މިބަލީގައި މަރުވާ މީހުން ގިނަކަން ފާހަގަކޮށްލެވޭ." މިކަމާގުޅޭގޮތުން ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި އެންމެ ގިނައިން ބަލި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ އިންޑިއާ އަދި ބްރެޒިލް އިންނެވެ. މިލިސްޓުގެ ތިންވަނައިގައި އާޖެންޓީނާ ހިމެނިފައިވާއިރު، ހަތަރުވަނައިގައި އުޅެނީ އެމެރިކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން