ފަރުބަދަ މަތީގެ ދުވުމުގެ ރޭހެއް ކުރިއަށްދަނިކޮށް މޫސުން ގޯސްވެ ފިނިބޮޑުވެ ޗައިނާގެ 20 ދުވުންތެރިއަކު މަރުވެއްޖެއެވެ.

100 ކިލޯ މީޓަރަށް ދުވަން ޖެހޭ މިރޭސް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ވައިގަދަވެ، ބޯކޮށް ވާރޭވެހި، މި ރޭސް މެދުކަނޑާލަން މަޖުބޫރުވިއެވެ.

ރޭސް މެދުކަނޑާލިއިރު، މިރޭހުގައި ބައިވެރިވި 172 ދުވުންތެރިއަކު ވަނީ ގެއްލިފައެވެ. މިމީހުން ހޯދަން މަސައްކަތްކުރުމުގެ ތެރޭގައި މިހާތަނަށް 20 މީހަކު މަރުވެފަ އޮއްވާ ވަނީ ފެނިފައެވެ.

ނަމަވެސް ރޭނގަޑުވިވަރަކަށް ފިނިބޮޑުވެ ގެއްލުނު ދުވުންތެރިން ހޯދުމަށް ދަތިވެފައިވާކަމަށް ޗައިނާގެ ރެސްކިއު ޓީމްތަކުން ފާހަގަކޮށްްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން