ނޭޕާލުގައި ކޮވިޑް ބަލީގައި މަރުވެފައިވާ ފަރާތްތަކެއްގެ ހަށިތައް އަންދާލުން ކުރިއަށް ދަނީ.
ނޭޕާލުގައި ކޮވިޑް ބަލީގައި މަރުވެފައިވާ ފަރާތްތަކެއްގެ ހަށިތައް އަންދާލުން ކުރިއަށް ދަނީ.
ކޮވިޑުގެ ދެވަނަ ރާޅާއިއެކު ކޭސްތައް އިތުުރުވެ ނޭޕާލުގެ ހޮސްޕިޓަލް ތައް ފުރި އޮކްސިޖަނަށް ޖެހިއްޖެއެވެ.

މިކަމާބެހޭގޮތުން ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ސަރުކާރު ހޮސްޕިޓަލް ކަމަށްވާ، ދަ ސުކްރަރާޖް ޓްރޮޕިކަލް އެންޑް އިންފެންޝަސް ޑިޒީޒް ހޮސްޕިޓަލުން ބުނެފައިވަނީ އެހޮސްޕިޓަލުގެ އެންދުތައް ފުރި، ކޮންމެ ބަލި ދެމީހަކަށް އެއް އެނދުގައި ފަރުވާ ދޭން ޖެހިފައިވާކަމަށެވެ. އަދި ކޮވިޑް ކޭސްތައް އިތުރުވެ، ހޮސްޕިޓަލްތައް ފުރި އޮކްސިޖަނަށް ޖެހެމުންދާއިރު، ނޭޕާލުގެ ސިއްޙީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް އެގައުމުގެ ސިއްޙީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

ކޮވިޑް ބަލީގައި ހާލުބޮޑުވެ މަރުވަމުންދާ މީހުންވެސް ނޭޕާލުގައި މަދެއް ނޫނެެވެ. މިގޮތުން އެއްފަހަރާ އެތައްބައެެއްގެ ޖަނާޒާ ބޭއްވުމަށް ވަނީ މަޖުބޫރުވެފައެވެ.

"އަހަރުމެންގެ ކެޕޭސިޓީއެއް ނެތަސް، އެެއްވެސް ބަލިމީހަކު ފަރުވާ ނުދީ ފޮނުވައެއް ނުލަން. މިހާރުވެސް 104 އެނދުގެ ކެޕޭސިޓީ ހުރި ހޮސްޕިޓަލެއްގައި 120 އަށް ވުރެއް ގިނަ މީހުންނަށް ދަނީ ފަރުވާކުރެވެމުން." ނޭޕާލުގެ ސުކްރަރާޖް ހޮސްޕިޓަލުގެ ނަރުހަކު ބުނެފައިވެއެވެ.

ނޭޕާލުގައި އިންފެކްޝަސް ބަލިތަކަށް ހާއްސަކުރެވިފައިވާ ހަމައެކަނި ހޮސްޕިޓަލަކީ ސުކްރަރާޖް ހޮސްޕިޓަލެވެ. މިއާއެކު އެހޮސްޕިޓަލަށް އެޑްމިޓް ކުރެވޭ މީހުން ގިނަވެ، ހޮސްޕިޓަލް ވަނީ ބާރުބޮޑުވެފައެވެ.

ނޭޕާލުގައި މިހާތަނަށް 489،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި 5000 އަށްވުރެއް ގިނަ މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން